މާލޭގައި ޕިކަޕަކަށް ބަރުކޮށްފައިހުރި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މިކަން ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. ބަނގުރާ ބަރުކޮށްގެންދިޔަ ޕިކަޕެއް ހުއްޓުވައި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުސްނުހީނާ މަގުންނެވެ. ފުލުހުން އެ ފުޅިތަކާއެކު އެ ސަރަހައްދުން ޒުވާނަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައި ވެ އެވެ.
ފުލުހުންގެ މި އޮޕަރޭޝަންގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ފޮޓޯއިން ފެންނަގޮތުގައި ކުޑަ ޕިކަޕަކަށް ގިނަ އަދަދެއްގެ ކަރުދާސް ފޮށި އަރުވާފައި ހުއްޓެވެ. ކުޑަ ސައިކަލެއް ޕިކަޕުގެ ކުރިމަތީގައި ހުއްޓެވެ.
މަންޒަރު ދުށް މީހަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި އެ ޕިކަޕު ހުސްނުހީނާ މަގުން ދުއްވާފައިދަނިކޮށް ފުލުހުން އެ ޕިކަޕު ހުއްޓުވީ ކުއްލިއަކަށް ކަހަލަ ގޮތަކަށް ޕިކަޕުގެ ކުރިމައްޗަށް އަރައިގެންނެވެ.
މިކަމާއި ބެހޭގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށާއި ނަމަވެސް އަދި ތަފްސީލު ދެވެން ނެތް ކަމަށެވެ. އަވަސް ތާރީހެއްގައި ތަފްސީލު ހާމަކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް