ތިރީސް ދުވަސް ވަންދެން، ކޮންމެ ދުވަހަކުވެސް ފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް 8 އެއް ލިބޭ ވަރަށް ހާއްސަ ޕްރޮމޯޝަން އެއް އުރީދޫ އިން މިއަދު ފަށައިފިއެވެ.
އުރީދޫއިން ހާމަކުރާގޮތުގައި މިއީ އުރީދޫ އިން ކުރިއަށްގެންދަމުންދާ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕެއިނުގެ ދަށުން، އެކުންފުނީގެ ކަސްޓަމަރުންނަށްދޭ ހަދިޔާއެކެވެ. "ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ" ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ، 28 ނޮވްމްބަރ 2017 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.
"ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޕްރޮމޯޝަންގައި، ދުވަހުގެ ނަސީބުވެރިޔާ ހޮވިގެންދާނީ އެދުވަހަކު މަދުވެގެން 99 ރުފިޔާގެ ޑޭޓާ ޙިޔާރުކުރައްވާ ކަސްޓަމަރުންގެ ތެރެއިންނެވެ. މީގެ ތެރޭގައި، އުރީދޫގެ ތަފާތު މޮބައިލް ޑޭޓާ ޕެކޭޖުތަކާއި، މޮބައިލް ބްރޯޑްބޭންޑް އަދި ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުވެސް ހިމެނެއެވެ. " އުރީދޫއިން ހާމަކުރެ އެވެ.
"އެއްދުވަހުން އަނެއްދުވަހަށް ބަދަލުވެ، ފުޅާވަމުންދާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އުރީދޫގެ ނެޓްވަރކް އަކީ އިންޓަނެޓްގެ ޚިދުމަތް ހޯދުމަތް އެންމެ ފަސޭހަ، އެންމެ ފުރިހަމަ ނެޓްވަރކް ގޮތުގައި ދެމެހެއްޓުމަށް. މިގޮތުން އުރީދޫގެ ޑޭޓާ ކަސްޓަމަރުންނަށް މި ޚާއްސަ ޕްރޮމޯޝަން ތައާރަފްކުރަނީ ވަރަށްވެސް އުފަލާއި އެކު، އަދި އުއްމީދު ކުރަނީ މިފަދަ އޮފަރތަކުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ މަގްބޫލު މޮބައިލް ޑޭޓާ ނެޓްވާރކްގެ ގޮތުގައި، އެންމެ ރަނގަޅު ފެންވަރުގައި އިންޓަނެޓް ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއެވެ. މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އަދި ހަމައެކަނި 4 ޖީ ނެޓްވަރކްގެ ގޮތުގައި، އުރީދޫގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް އިންޓަނެޓްގެ ފައިދާ އެންމެ ހެޔޮގޮތުގައި ލިއްބައިދިނުމެވެ.
ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ ޕްރޮމޯޝަން އަދި، އުރީދޫ މޮބައިލް އިންޓަނެޓް ޚިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ooredoo.mv އާއި އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓް ތަކަށް ޒިޔާރަތްކޮށްލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް