އައްޑޫސިޓީ ގަމުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ، ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައ ބުނެފައިވާގޮތުގައި މި އެކްސިޑ...

27 Nov 2017 | 13:31

އައްޑޫ ސިޓީ، ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޓެކްސީއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އައްޑޫގައި ހިންގަމުން އަންނަ ނޫހެއް ކަމުގައިވާ އައްޑޫލައިވްގައ ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ގަން އެއާޕޯޓަށް ދިޔަ ޓެކްސީއެއް މަގުގެ އެއްފަރާތުގައި ހުރި ފާރު ބުރިއެއްގައި ޖެހިގެންނެވެ. އެއީ ގަމުގައި އިނގިރޭސިންގެ ދުވަސްވަރު ފެން ހިންދުމަށް ކަނޑާފައިވާ ކާނެއް ފާހަގަކުރުމަށް ހުންނަ ފާރު ބުރިއެއް ކަމުގައި އެ ނޫހުގައި ބުނެފައި ވެ އެވެ.

މި އެކްސިޑެންޓްގައި ޓެކްސީގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާއިރު ދުއްވަން އިން މީހާ އަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި އެކްސިޑެންޓް ހިނގި އިރު ދުއްވަން ޓެކްސީގައި ހުރީ ޑްރައިވަރު އެކަނި ކަމުގައިވެސް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައި ވަނީ އީކުއޭޓަރ ވިލެޖާއި ދިމާލަށް އޮންނަ ބެންޑުން ކާރު އަޅާލަން އުޅެނިކޮށް ކަމަށާއި އަނބުރާލަން އުޅުނު ވަގުތު ހުންގާނު ލޮކް ވީ ކަމަށް ޑްރައިވަރު ބުނި ކަމަށެވެ. އަދި ދުއްވާފައި ދިޔައީ ބާރަށް ނޫންކަމުގައިވެސް މަންޒަރު ދުށް މީހާއާއި ހަވާލާދީ އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް