ހުކުރު މިސްކިތް ސަރަހައްދާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ކުރި އިއުލާނު ބާތިލު ކޮށްފި

ހުކުރު މިސްކިތް ސަރަހައްދާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނު ބާތިލު ކޮށްފި އެވެ. އެ އިއުލާނު ބާތިލުކުރިކަން އަންގައި ހައުސިން މިނިސްޓްރީން އިއުލާނެއް ކޮށްފައިވ...

27 Nov 2017 | 09:17

ހުކުރު މިސްކިތް ސަރަހައްދާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނު ބާތިލު ކޮށްފި އެވެ.

އެ އިއުލާނު ބާތިލުކުރިކަން އަންގައި ހައުސިން މިނިސްޓްރީން އިއުލާނެއް ކޮށްފައިވަނީ މީގެ 30 ވަރަކަށް މިނެޓު ކުރިންނެވެ.

"114 ނަންބަރު ކޮށިން ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްޓަކައި މި މިނިސްޓްރީއިން ކޮށްފައިވާ ނަންބަރު (IUL)138-AS6/1/2017/266 (23 ނޮވެމްބަރް 2017) އިޢުލާން ބާޠިލް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." ހައުސިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެ އެވެ.

ބާތިލު ކުރި އިއުލާނުގައި ބުނެފައި ވަނީ 114 ވަނަ ކޮށީގެ ބައެއް ލޭންޑްސްކޭޕްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެ މަސައްކަތާ ގުޅޭ ތަފްސީލެއް އިއުލާނުގައި ބުނެފައެއް ނެތެވެ. ނަމަވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތުގައި ބުނެފައި ވަނީ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ލޭންޑްސްކޭޕް ކުރާނީ ހައުސިން މިނިސްޓްރީން ދޭ ކޮންސެޕްޓަކަށް ކަމަށާއި އެ މަސައްކަތް ކުރާ އިރު އެ ސަރަހައްދުގައި ހުރި ތާރީހީ އަދި އާސާރީ އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށެވެ.

މި އިއުލާނު ބާތިލުކޮށްފައިވާއިރު ހައުސިން މިނިސްޓްރީގެ އެ އިއުލާނަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

ތަފްސީލް އަންނަނީ ...

ތަފްސީލް އަންނަނީ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް