ބަނގުރަލާއެކު ހުޅުމާލެއިން ހަތަރު ބިދޭސީއަކު ހައްޔަރު ކޮށްފި

ހުޅުމާލެ ޕޮލިސްއިން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކޮށް ބަނގުރާފުޅިތަކަކާއި ބިޔަރު ދަޅުތަކަކާއެކު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ...

27 Nov 2017 | 09:10

ހުޅުމާލެ ޕޮލިސްއިން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައިފާސްކޮށް ބަނގުރާފުޅިތަކަކާއި ބިޔަރު ދަޅުތަކަކާއެކު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ހަތަރު ފިރިހެނުން ކަމަށާއި މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގައި ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށް ކަމަށެވެ.

އެގެ ބަލައިފާސްކުރިއިރު އެގޭގެ ގްރައުންޑް ފްލޯ އާއި ދެވަނަ ފަންގިފާލާއިން 5 ފުޅި ބަނގުރަލާއި 38 ދަޅު ބިޔަރު ފެނިފައިވާކަމަށާއި މިމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަޙުޤީޤު ކުރަމުން ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް