އަކްޝޭ ކުމާރާއި ސޯނަމް ކަޕޫރު އަދި ރާދިކާ އާޕްޓޭ ލީޑުރޯލު ކުޅޭ ފިލްމެއް ކަމުގައިވޭ ޕެޑްމޭން ގެ އައު ޕޯސްޓަރެއް އިއްޔެ އާންމުކޮށްފި އެވެ.
އެ ޕޯސްޓަރު އާންމު ކުރަމުން އަކްޝޭ ކުމާރު ދައްކުވައިދެނީ ސުޕަރ ހީރޯއެއްގެ ގޮތުގަ އެވެ. ފިލްމުގެ ޓެގްލައިނަކީވެސް ސުޕަރ ހީރޯ ހޭ ޔޭ ޕަގްލާ އެވެ.
މި ފިލްމަކީ އަކްޝޭގެ އަންހެނުން ލިޔެފައިވާ ފޮތެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ. އެ ފޮތަކީ އިންޑިއާގެ ތަމިލް ނާޑޫއަށް ނިސްބަތްވާ ސޯޝަލް އެކްޓިވިސްޓެއް ކަމުގައިވާ އަރޫނާޗަލަމް މުރުގަންތަމްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ އަގު ހެޔޮ ޕެޑް އުފައްދާ މެޝިނެއް އޭނާ އީޖާދު ކުރާ ގޮތާއި ކަނބަލުންގެ ހައިޖީން އަށްޓަކައި އޭނާ މި އުފެއްދުން އުފައްދައި މާކެޓު ކުރާގޮތުގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް