ބްލޫސް ފޯރ ޔޫތު ކޭމްޕުގެ ނަން “ލާމަސީލު ޒުވާނާ” އަށް ބަދަލުކޮށް ފުރަތަމަ ކޭމްޕު ވިލުފުށީގައި ފަށައިފި

ޒުވާނުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ކޭމްޕުކަމަށްވާ "ބްލޫސް ފޯރ ޔޫތު" ކޭމްޕްގެ ނަން "ލާމަސީލު ޒުވާނާ" ގެ ނަމަށް ބަދަލުކޮށް މި ސިލްސިލާގެ ފުރަތަމަ ކޭމްޕު ތ. ވިލުފުށީފައި ފަށައި...

27 Nov 2017 | 07:51

ޒުވާނުންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ކޭމްޕުކަމަށްވާ "ބްލޫސް ފޯރ ޔޫތު" ކޭމްޕްގެ ނަން "ލާމަސީލު ޒުވާނާ" ގެ ނަމަށް ބަދަލުކޮށް މި ސިލްސިލާގެ ފުރަތަމަ ކޭމްޕު ތ. ވިލުފުށީފައި ފަށައިފިއެވެ.

" ލާމަސީލު ޒުވާނުގެ ނަމުގައި ތ. ވިލުފުށީގައި އިއްޔެ ފެށި މި ކޭމްޕަކީ ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރި ޒިންމާދާރު ސިފަވަންތަ އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ތ.އަތޮޅުގެ ސުކޫލުތަކުގެ ގުރޭޑް 10،11 އަދި 12 ގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ތ.އަތޮޅުގެ 9 ރަށަކުން ޖުމްލަ 49 ދަރިވަރުން ބައިވެރިވެއެވެ. މިދަރިވަރުންގެ ތެރޭގައި ހިމެނެނީ 26 ފިރިހެން ދަރިވަރުންނާއި 23 އަންހެން ދަރިވަރުންނެވެ.

މި ކޭމްޕްގައި އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާއި، ފުރަތަމަ އެހީ އާއި އަލިފާނުގެ ހަދިސާތަކުގައި ޢަމަލުކުރަންވީ ގޮތްތަކާއި ސަވައިވަލް ޓެކްނިކްސް އާއި ރެޕަލިންގ އާއި ޑޮމެސްޓިކް ހައުސް ވަޔަރިންގ އާއި ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލީޑަރޝިޕްގެ ބައިތައް އުނގަންނައިދެވެއެވެ. މީގެއިތުރުންވެސް ނަފްސަށްކުރާ އިތުބާރު ބޮޑުކުރުމަށްޓަކައި ދީނީ ކަންތައްތަކަށް ހޭލުންތެރިކުރުމުގެ އިތުރުންވެސް ތަފާތު ގިނަ ހަރަކާތްތަކާއި ބައިވެރިންނަށް މުހިންމު މަޢުލޫމާތު މަޢުލޫމާތުތައް ފޯރުކޮށްދެވޭނެ ކަމުގައި ފުލުހުން ހާމަކުރެ އެވެ.

ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި ޚިދުމަތްތެރި ޒިންމާދާރު ސިފަވަންތަ އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ އަހަރާއި މިއަހަރުވެސް ފުލުހުން ވަނީ ތަފާތު ހަރަކާތްތައް ފުލުހުން ކުރިއަށް ގެންގޮސްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް