ޔޫޓިއުބްގައި ގަންގްނަމް ސްޓައިލް ބެލި އަދަދު ތިން ބިލިޔަނަށް އަރައިފި

މީގެ ފަސް އަހަރު ކުރިން އާންމުންގެ ތެރޭގައި މަގްބޫލުވެގެންދިޔަ ލަވައެއް ކަމުގައިވާ ގަންގްނަމް ސްޓައިލް ޔޫޓިއުބްގައި ބެލި އަދަދު ތިން ބިލިޔަނަށް އަރައިފި އެވެ. އުތުރު ކޮރެއާގެ ލަވަކިޔުންތެރިޔާ ސައިގެ މ...

27 Nov 2017 | 07:37

މީގެ ފަސް އަހަރު ކުރިން އާންމުންގެ ތެރޭގައި މަގްބޫލުވެގެންދިޔަ ލަވައެއް ކަމުގައިވާ ގަންގްނަމް ސްޓައިލް ޔޫޓިއުބްގައި ބެލި އަދަދު ތިން ބިލިޔަނަށް އަރައިފި އެވެ.

އުތުރު ކޮރެއާގެ ލަވަކިޔުންތެރިޔާ ސައިގެ މި ލަވައަކީ 2012 ވަނަ އަހަރުގެ ޖުލައި މަހު ނެރުނު ލަވަ އެކެވެ. މި ލަވަ ޔޫޓިއުބްގައި ބެލި އަދަދު ތިން ބިލިޔަނަށް އަރާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

މި ލަވައަކީ އެތައް ރެކޯޑެއް މުގުރާފައިވާ ލަވަ އެކެވެ. އެގޮތުން ލަވަ އާންމުކުރިތާ އެންމެ 100 ދުވަސް ތެރޭގައި 500 މިލިޔަން ފަހަރު މި ލަވަ ބަލާފައިވާކަމުގެ ރެކޯޑް ހިމެނެ އެވެ. މި ލަވައާއި އެއްވަރަށް މި ލަވަ ކިޔާފައިވާ ތަރި، ސައި ވެސް ވަނީ މަޝްހޫރުވެގެން ގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް