ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު މާލެއިން ހައްޔަރުށްފިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.
މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ސިނާއީ ސަރަޙައްދުގައި ދެ މީހަކު ޤަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 22:35 ހާއިރު ސިނާއީ ސަރަޙައްދުގެ އުތުރު ފަރާތު ޖެޓީ ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އެދެމީހުން ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ފެނުނު ދެ ފޮށިގަނޑު ތެރެއިން 23 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް