ސައިރިކްސް ކޮލެޖުގެ އައު ޝިއާރު "ރައްޔިތެއް – ސިޔާސީ މީހެއް ނޫން"

ސައިރިކްސް ކޮލެޖްއިން 2018 ވަނަ އަހަރަށް ކޯސްތައް ހުޅުވާލުމުގެ ގޮތުން އައު ޝިއާރެއް ލޯންޗު ކޮށްފި އެވެ. މި ގޮތުން ލޯންޗު ކޮށްފައިވާ ޝިއާރަކީ “CITIZEN, NOT POLITICIAN” އެވެ. މި ޝިއާރު އެކުލަވާ ލެވިފައި...

27 Nov 2017 | 02:25

ސައިރިކްސް ކޮލެޖްއިން 2018 ވަނަ އަހަރަށް ކޯސްތައް ހުޅުވާލުމުގެ ގޮތުން އައު ޝިއާރެއް ލޯންޗު ކޮށްފި އެވެ.

މި ގޮތުން ލޯންޗު ކޮށްފައިވާ ޝިއާރަކީ “CITIZEN, NOT POLITICIAN” އެވެ. މި ޝިއާރު އެކުލަވާ ލެވިފައިވަނީ ސައިރިކްސް ކޮލެޖުން ދަސްވެނިވެގެން ނިކުންނަ ދަރިވަރުން ނަކީ ބަދަލުވަމުން އަންނަ ދުނިޔޭގައި ވާދަވެރިކަމާއިއެކު މަސައްކަތުގައި ކުރިއަރަން ބޭނުންވާ ހުނަރުތައް އާލާވެފައި ބަޔަކަށް ހެދުމުގެ ނިޔަތުގައި ކަމުގައި އެ ކޮލެޖުން ހާމަކުރެ އެވެ.

"ސައިރިކްސް ކޮލެޖުން ދެކޭ ގޮތުގައި މިއަދުގެ ވާދަވެރި ދުނިޔޭގައި ދަރިވަރުންނަށް އެކުދިންގެ އިލްމީ ހާޔާތުން ލިބެންވާ ހަމައެކަނި އެއްޗަކީ އިލްމާ ހުނަރެއް ނޫނެވެ. މީގެ އިތުރުން ހިކްމަތާއި، ވިސްނުމުގެ ތޫނިފިލިކަމާއި، އީޖާދީ ވިސްނުން ކުދިންގެ ގައިގައި އަސަގެންނެވުމަކީ އެކުދިންނަށް މުސްތަގްބަލުގައި ކާމިޔާބާއެކު ކުރިއަށް ދިޔުމަށް އެހާމެ މުހިންމު ކަމެއް ކަމުގައި މިކޮލެޖުން ދެކެއެވެ. މިގޮތުން، މިކޮލެޖުގެ ކޯސްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް އަމާޒު ކުރެވިގެން އެދަރިވަރުންގެ މި ހާއްސަ ސިފަތައް ތަރައްޤީ ކުރުމަށްޓަކައި އިތުރު ހަރަކާތް ތަކެއް 2018 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދެވޭނެއެވެ." އެ ކޮލެޖުން ހާމަކޮށްފައި ވެ އެވެ.

މިގޮތުން ހާއްސަ ތަމްރީނު ތަކާއި ކިޔަވައިދިނުމުގައި މިކަމަށް މަގުފަހި ވާނެ ފަދަ ހަރަކާތްތައް ހިންގޭނެ ކަމަށާއި ސައިރިކްސް ކޮލެޖުން ޤަބޫލުކުރާ ގޮތުގައި ހަޤީޤީ ރައްޔިތެއްގައިގައި ހުންނަން ވާނެ ސިފަތަކަކީ އިލްމާއި، ހުނަރާއި، ހިކްމަތާއި ކަންތައްތައް ހޯދައި ދެނެގަތުމަށް ހުންނަ ޝައުގުވެރިކަމާއި ތޫނުފިލިކަމާއި އިޖާދީވިސްނުން ކަމުގައި އެ ކޮލެޖުން ބުނެފައި ވެ އެވެ.

ސައިރިކްސް ކޮލެޖުން ވަނީ އިއްޔެގެ ރަސްމިއްޔާތުގައި 2018 ވަނަ އަހަރު އަލަށް ފަށަން ގަސްތުކުރާ ކޯސްތަކާއި ބެހޭ މައުލޫމާތު އާންމު ކޮށްފަ އެވެ. އެގޮތުން އެކޮލެޖުން 2018 ވަނަ އަހަރު މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަރނޭޝަނަލް ބިޒިނަސް ޕްރޮގްރާމަކާއި މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށާއި މީގެ އިތުރުން، އެ ކޮލެޖުން މިހާރުވެސް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ވިޔަފާރީގެ ދާއިރާއިން ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އަދި ހަމައެހެންމެ، އަލަށް ތައާރަފް ވަމުން އަންނަ ޑޭޓާ ސައިންސް، އާރޓިފިޝަލް އިންޓެލިޖެންސް، ޕައިތަން، ކްލައުޑް ކޮމްޕިއިޓިންގ އަކީ މިކޮލެޖުން 2018 ވަނަ އަހަރު ތެރޭ އެކޮލެޖު މަންހަޖުގެ ތެރޭ ހިމަނާނެ އިތުރު ދާއިރާތައް ކަމުގައި އެ ކޮލެޖުން ބުނެ އެވެ.

ސައިރިކްސް ކޮލެޖަކީ މީގެ 24 އަހަރު ކުރިން ފެށިގެން ވުޖޫދަށް އައުމަށްފަހު ރާއްޖޭގައި އެންމެ ދުވަސްވީ އަމިއްލަ ކޮލެޖެވެ. މިގޮތުން، މި ކޮލެޖުން ދަސްވެނިވެގެން ނިކުމެފައިވާ އެތައް ހާސް ދަސްވެނިންނެއް ރާއްޖެއާއި ރާއްޖޭން ބޭރުގައި މަސައްކަތް ކުރަމުންދެއެވެ. މީގެ އިތުރުން ސައިރިކްސް ކޮލެޖްގެ ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ އަދި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީތައްވެސް ބަލައިގަންނަ ފެންވަރުގެ ކޯސްތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް