އެއްވެސް މީހަކު ވިހަނީކީ ލާރިތަކަކާއެކު އެއް ނޫން، ލޯނު ނުނަގާ ސަރުކާރެއް ނޯންނާނެ: ރައީސް ޔާމީން

ލޯނު ނުނަގައި އެއްވެސް ސަރުކާރެއް ނޯންނާނެ ކަމަށާއި ލޯނު ނުނަގާ ހިންގަން ބޭނުންވާ ތަރައްގީގެ މަސްރޫއުތައް ނުހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރަ...

27 Nov 2017 | 02:01

ލޯނު ނުނަގައި އެއްވެސް ސަރުކާރެއް ނޯންނާނެ ކަމަށާއި ލޯނު ނުނަގާ ހިންގަން ބޭނުންވާ ތަރައްގީގެ މަސްރޫއުތައް ނުހިންގޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގަމުން އަންނައިރު އެ ލޯނުތައް ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ސިފަ ކުރަމުން އަންނައިރު އެކަމަށް ރައްދު ދެއްވައި ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ލޯނު ނެގުމަކީ ދިރިއުޅުމުގެ އެންމެ އާދައިގެ ކަންކަމާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

"އެއްވެސް މީހަކު ވިހަނީކީއެއް ލާރިތަކަކާއެކު އެއް ނޫން، ރިސްކް ނަގައިގެން ލޯނު ނަގައިގެން މަސައްކަތް ކުރާ މީހަކަށް ރިވޯޑެއް ވާކަން އެނގޭ" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ލޯނެއް ނަގައިގެން ޒުވާނުންގެ ޖީލެއް ބިނާކުރަން އިދިކޮޅުން ބޭނުން ނުވަންޏާ ރާއްޖެ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ޒުވާން އާބާދީއަށް ބޯހިޔާވަހިކަން ދިނުމަށް ލޯނެއް ނަގާކަށް އިދިކޮޅު ފަރާތްތަކުން ބޭނުން ނުވާ ކަމަށާއި ލޯނެއް ނުނަގައި އެކަން ކުރާނެ ގޮތެއް ނުވިސްނޭ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އޮތް އޮޕްޝަނަކީ ލޯނު ނުނަގާ ތިބުން ކަމަށާއި އެހެން އެކަން ކޮށްފިނަމަ ރާއްޖެ އޮންނާނީ ކުރިންވެސް އޮތް ހާލަތުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް