ހުކުރު މިސްކިތް ސަރަހައްދުގައި ކެފޭއެއް އެޅުން ދީނީގޮތުންނާއި ތާރީހީ ގޮތުން ހެޔޮ ނުވާނެ ކަމުގައި ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ އެފަދަ ސަރަހައްދުތަކަކީ އަގުހުރި ދީނީ އަދި އާސާރީ ތަރިކައެއް ކަމަށާއި އެފަދަ ތަންތަން ސަލާމަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
https://twitter.com/maumoonagayoom/status/934810237999071232
https://twitter.com/maumoonagayoom/status/934811262424199168
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު ބައެއް މީޑިއާތަކުން އިއްޔެ ރިޕޯޓް ކޮށްފައިވާގޮތުގައި ހުކުރު މިސްކިތް ހިމެނޭ ސަރަހައްދަށް ބަދަލުތަކެއް ގެނެސް ކެފޭއެއް އަޅަން ސަރުކާރުން ނިންމާ، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ހައުސިން މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް