ޓެރަރިޒަމާއި ދެކޮޅަށް ހިންގޭ ހަރަކާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް މުސްލިމް ގައުމުތަކުގެ ޑިފެންސް މިނިސްޓަރުން ވައުދުވެވަޑައިގެންފި އެވެ. މި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެ އެވެ.
މުސްލިމް ގައުމުތަކުގެ ޑިފެންސް މިނިސްޓަރުން މިކަމަށް އެއްބަސްވެފައިވަނީ ސައުދީގައި މިހާރު ކުރިއަށްދާ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލީޝަންގެ ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމަކީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މުސްލިމު 41 ގައުމަކުން ޑިފެންސް މިނިސްޓަރުން ބައިވެރިވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް