އިންޓަޕޯލްގެ އޮޕަރޭޝަނެއްގައި، ވަގުފާރީގެ ޝިކާރައަށްވެފައިވާ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކޮށްފި

އިންޓަޕޯލް އާއި ގުޅިފައިވާ އެފްރިކާގެ ފަސް ގައުމެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކޮށްފި އެވެ. މި އޮޕަރޭޝަންގެ މައުލޫމާ...

27 Nov 2017 | 01:17

އިންޓަޕޯލް އާއި ގުޅިފައިވާ އެފްރިކާގެ ފަސް ގައުމެއްގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކޮށްފި އެވެ.

މި އޮޕަރޭޝަންގެ މައުލޫމާތު އިންޓަޕޯލުން ހާމަކޮށްފައިވާއިރު ބުނެފައިވަނީ އިންސާނީ ވަގުފާރީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި 40 މީހަކު ހައްޔަރުކޮށްފައިވާއިރު އެކަމުގެ ޝިކާރައަށްވެފައިވާ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި 236 ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ.

މި އޮޕަރޭޝަން ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 6 އިން 10 އަކަށް ކަމުގައި އިންޓަޕޯލުން ހާމަކޮށްފައިވެ އެވެ. ޗާޑް، މާލީ، މޮރިޓާނިޔާ، ނައިޖާ އަދި ސެނެގާލްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ 40 މީހުންގެ ތެރޭގައި ގިނައީ އަންހެނުން ކަމުގައި އިންޓަޕޯލުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް