ސްމާޓް ފޯނަށް ދެވި ހިފާ ފަރާތްތަކަށް މި އީޖާދަކީ ހައްލަކަށް ވެދާނެ !

ޓެކްނޮލޮޖީގެ މި ޒަމާނުގައި ސްމާޓް ފޯނެއް ނުގެންގުޅޭ މީހަކު މަދުވާނެ އެވެ. ހާއްސަކޮށް ދިވެހިންނަށް ނަޒަރު ހިންގާލާއިރު އަބަދުވެސް ގެންގުޅޭނީ އެންމެ ފަހުގެ އެންމެ މޮޅު ސްމާޓް ފޯނެވެ. ނަމަވެސް ބައެއް ފަހ...

27 Nov 2017 | 00:43

ޓެކްނޮލޮޖީގެ މި ޒަމާނުގައި ސްމާޓް ފޯނެއް ނުގެންގުޅޭ މީހަކު މަދުވާނެ އެވެ. ހާއްސަކޮށް ދިވެހިންނަށް ނަޒަރު ހިންގާލާއިރު އަބަދުވެސް ގެންގުޅޭނީ އެންމެ ފަހުގެ އެންމެ މޮޅު ސްމާޓް ފޯނެވެ. ނަމަވެސް ބައެއް ފަހަރު ސްމާޓްފޯނަކީ އެއަށް ދެވި ހިފާ އެއްޗެކެވެ. ފާހާނައަށް ވަނަސް ވަދެވެނީ އެ އަތަށް ލައިގެންނެވެ. ހަމަ ކަމަކުން ކަމަކާ ނުލާ އެ ސްކްރޯލް ކޮށްލަ ކޮށްލާވެސް ތިބެވެ އެވެ.

ސްމާޓް ފޯނަށް ދެވިހިފުމަށް ހައްލެއް ގެނައުމަށް އޮސްޓްރޭލިއާގެ ޑިޒައިނަރަކު މިވަނީ ހައްލެއް ހޯދާފަ އެވެ. ކްލެމެންސް ސިލިންގާ ނަމަކަށް ކިޔާ ޑިޒައިނަރަކު އުފައްދާފައިވަނީ "ފޯނު ސަބްސްޓިޓިއުޓް" ނުވަތަ ފޯނުގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.

މި އުފެއްދުން ދައްކާލާފައިވަނީ ވިއެނާ ޑިޒައިން ވީކްގަ އެވެ. ތަފާތު ފަސް ޑިޒައިނެއްގައި މި އުފެއްދުން އީޖާދު ކޮށްފައިވާއިރު މި އުފެއްދުމުގެ މައިގަނޑު ހަދާފައިވަނީ "ޕޮލީއޮކްސިމެތިލީން" ޕްލާސްޓިކުންނެވެ. ކޮންމެ ޑިޒައިނެއްގައިވެސް އެކި ގޮތްގޮތަށް ވަށް އޮށްތަކެއް ހިމަނާފައި ވެ އެވެ.

މި އުފެއްދުން އީޖާދުކުރި ފަރާތުން ދެކޭގޮތުގައި ސްމާޓް ފޯނާ ކުޅުމުގެ ބަދަލުގައި މި އުފެއްދުމުގައިވާ އޮށްތަކާ ކުޅުމުން ސްމާޓް ފޯނަށް ދެވި ހިފުން ކުޑަވާނެ އެވެ. މި އުފެއްދުމުގައި އޮށްތައް ހިމަނާފައިވަނީ އެކި ގޮތްގޮތަށް ސްކްރޯލް ކުރެވޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް