ރާއްޖެ ޓީވީން ހޯމް މިނިސްޓަރު އުމަރު ނަސީރޭ ކިޔައިގެން ފަތުރަނީ ދޮގު ހަބަރެއް ކަމަށާއި ފުރިފަ ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/UmarNaseerPPM/status/670169806960656384
މި ޓްވީޓްގެ މުރާދަކީ ކޮބައިކަން ނޭނގުނު ނަމަވެސް ރޭ ދަންވަރުގެ ވަގުތެއްގައި އެމްޑީޕީގެ އިސްބަޔަކު ހޯމް މިނިސްޓަރާ ބައްދަލުކޮށްފައިވާކަމަށްބުނެ ރާއްޖެ ޓީވީން ވަނީ ހަބަރު ފަތުރާފަ އެވެ.
އެ ހަބަރުގައި ވާގޮތުން އުމަރު ނަސީރު ދިރިއުޅުއްވާ ގޭގައި ރޭގެ ދަންވަރު ބައްދަލު ކޮށްފައިވަނީ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު މާހިރު އީސަ އާއި އާދިލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް