ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެގޮސް ފާރަކަށް އަރައިފި

އައްޑޫ ސިޓީ ފޭދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ފާރެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ލިބިފައި ވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދ...

27 Nov 2015 | 04:16

އައްޑޫ ސިޓީ ފޭދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ފާރެއްގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައި ވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭރު ކާރުގައި ތިބީ ދެ ބިދޭސީން ކަމަށްވެސް މައުލޫމާތޔ ލިބެ އެވެ.

ދެމީހުންކުރެ އެކަކަށް އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ބާރު ސްޕީޑްގައި ދުއްވި ކާރު ޖެހި ފާރުގެ ގާތަށް ވިއްސައިގެން ގޮސް ގެ އެއްގެ ދޮރަށްވެސް ގެއްލުން ލިބިފައި ވާކަމަށް މައުލޫމާތު ލިބެ އެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އެ ކާރަކީ މަރާމާތު ކުރުމަށް ގަރާޖަކަށް ލާފައި އޮތް ކާރެކެވެ. އެކްސިޑެންޓް ހިނގި އިރު ކާރުގައި ތިބީ ގަރާޖުގައި މަސައްކަތް ކުރާ ދެމީހުންނެވެ. އެ މީހުން ކާރު ދުއްވި ކަމަށްވަނީ މަރާމާތުކޮށް ނިމުމަށްފަހު ޓެސްޓް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް