އިންސާނުންގެ ވަޒީފާތައް އަދާކުރުމަށް އިންސާނުންނާ ވައްތަރު ރޮބަޓް !

އިންސާނުންގެ ވަޒީފާތައް އަދާކުރެވޭ، އިންސާނުންނާ ވައްތަރު ރޮބޮޓްތައް ޖަޕާނުގައި އުފައްދަމުން އެބަދެއެވެ. މިމަހު ޓޯކިޔޯގައި އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ޕްރޮފެސާ ހިރޯޝީ އިޝިގުރޯ އުފައްދާފައިވާ ...

27 Nov 2014 | 12:32

އިންސާނުންގެ ވަޒީފާތައް އަދާކުރެވޭ، އިންސާނުންނާ ވައްތަރު ރޮބޮޓްތައް ޖަޕާނުގައި އުފައްދަމުން އެބަދެއެވެ.

މިމަހު ޓޯކިޔޯގައި އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ޕްރޮފެސާ ހިރޯޝީ އިޝިގުރޯ އުފައްދާފައިވާ އެންޑްރޮއިޑް އަސުނާ ނަމަކަށް ކިޔާ ރޮބޮޓަށެވެ. ޓޯކިޔޯގައި ބާއްވާ ޑިޒައިނަރުންގެ ހަފްތާގައި ދައްކާލެވުނު މި ރޮބޮޓަކީ ކުރިއަށްއޮތް ތަނުގައި އިތުރަށް ތަރައްގީވެ ދުނިޔޭގެ މަގުބޫލުކަން ލިބިގެންދާނެ ރޮބޮޓެއް ކަމުގައި ބެލެވެއެވެ.

އިންސާނެއްގެ ސިފައިގާ ފަރުމާކޮށްފައިވާ އަސުނާ ތައާރަފު ކޮށްދިނުމުން އެތައްބަޔަކު ވަނީ ޕްރޮފެސާ އިޝިގުރޯއަށް ތައުރީފުކޮށްފައެވެ.

ޑިޒައިނަރުންގެ ހަފްތާގައި މި ރޮބޮޓް ދައްކާލިއިރު އޭގެ ހަންގަނޑާއި މޫނުގެ ބައިތައް ތައްޔާރުކޮށްފައި ހުރީ އިންސާނަކާއި ދާދިއެއްގޮތަކަށެވެ.

އަސުނާ ތައްޔާރު ކުރި ޓީމުން ކުރިންވެސް ވަނީ މިފަދަ ރޮބޮޓެއް ތައްޔާރުކޮށްފައެވެ. ނަމަވެސް އެއަށް ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން އޭތިވަނީ ނައްތާލަން ޖެހިފައެވެ.

އިޝިގުރޯ އާއި އޭނާގެ ބައިވެރިން އަސުނާ އުފައްދާފައި ވާއިރު، މިފަރާތްތަކުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ މި ރޮބޮޓް އިތުރަށް ތަރައްގީ ކުރުމަށެވެ. މިގޮތުން ރިމޯޓު ބޭނުންކޮށްގެން އަސުނާ ކޮންޓްރޯލު ކުރަން ނުޖެހޭގޮތަށް ހެދޭތޯ މިހާރުދަނީ ބަލަމުންނެވެ.

މިމަސައްކަތާއި ގުޅޭގޮތުން ޕްރޮފެސާ އިޝިގުރޯ ބުނެފައިވަނީ މިއީ 20 އަހަރުގެ ތަޖުރިބާއާއެކު އުފައްދާފައިވާ ރޮބޮޓެއްކަމަށެވެ. އަދި ކުރިއަށްއޮތް 10 އަހަރުގެ ތެރޭގައި އަސުނާ ފުރިހަމައަށް އުފައްދާ، މިހާރަށްވުރެ ބޮޑަށް އިންސާނުންނާ ވައްތަރު ކުރާނެކަމަށެވެ.

އިންސާނުން އާންމުކޮށް އަދާކުރާ އޮފީސް ވަޒީފާތަކުގެ އިތުރުން ލަވަކިޔުމަށާއި ހަބަރުކިޔުންފަދަ ކަންކަމަށްވެސް އަސުނާ ބޭނުންކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް