އަތޮޅު ތެރޭގައި މިހާރު ސްޕެޝަލިސްޓް ޑޮކްޓަރުން ނެތް ހިސާބުތަކަށް އައުޓްރީޗް ޕްރޮގްރާމެއް މެދުވެރިކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތްދޭން ފަށައިފިއެވެ.
ހެލްތް މިނިސްޓްރީއިން ބުނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ސްޕެޝަލިސްޓުންނަށް ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ 22 އިން ފެށިގެން މާދަމާގެ ނިޔަލަށް އައްޑޫ ސިޓީގައި އައިޖީއެމްއެޗްގެ ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޑރ. އިބްރާހިމް ޝިހާމް ބަލިމީހުން ބައްލަވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.
ދެން މި އިންތިޒާމް ހަމަޖައްސާފައިވަނީ ގދ. ތިނަދޫގައި އެވެ. ތިނަދޫ ޑރ އަބްދުއއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަ މަހުގެ 19 ން 26 އަށް އައިޖީއެމްއެޗުގެ ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑރ މޫސާ ހުސެއިން އިންނަވާގޮތާށްވަނީ ހަމަޖައްސާފައި އެވެ. އަދި ޑިސެމްބަރ މަހުގެ ތެރޭގައި ޑރ. އިބްރާހިމް ޝިހާމް ބަލިމީހުން ބެއްލެވުމަށްޓަކައި ހދ. ކުޅުދުފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.
ހެލްތް މިނިސްޓްރީއިން ބުނީ މި ގޮތަށް ހަމަޖެއްސީ މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރަކަށްވުމުން ގިނަ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް މާލެ އަންނަން ނުޖެހި ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ނުލިބޭ އަތޮޅުތަކަށް ސްޕެޝަލިސްޓުން ފޮނުވާ އެހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް