ކުނިން ކާދު އުފައްދަން ދަސްކުރުމަށް ލައްކާއަށް ޓީމެއް ފުރައިފި

ސްރީލަންކާގައި އޮންނަ ފަނާވާ ޒާތުގެ ކުނި ބޭނުންކޮށްގެން ކާދު ހެދުމުގެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް ލަންކާއަށް ފުރައިފި އެވެ. އެންވާރްމަންޓް މިނިސްޓްރީން ބުނީ މިމަހުގެ 28 ން 29 ގެ ނިޔަލަށް ކުރި...

27 Nov 2014 | 09:23

ސްރީލަންކާގައި އޮންނަ ފަނާވާ ޒާތުގެ ކުނި ބޭނުންކޮށްގެން ކާދު ހެދުމުގެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް ލަންކާއަށް ފުރައިފި އެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ މިމަހުގެ 28 ން 29 ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ތަމްރީގައި  24 ބޭފުޅުން ބައިވެރިވާ ކަމަށެވެ. މި ޓްރެއިނިންގ އަކީ އެންވާރްމަންޓް މިނިސްޓްރީން ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓާއި އަރިއަތޮޅު ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ދަށުން އުތުރު ސަރަޙައްދުގެ ހަތަރުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށާއި އަރިއަތޮޅުގެ ބައެއް ރަށްރަށުގެ ވޭސްޓް މެނޭޖްމަންޓް ކޮމިޓީތަކަށާއި ތިމާވެއްޓާއި ގުޅުންހުރި ބައެއް މުހިއްމު ދާއިރާތަކަށް ކުރިޔަށް ގެންދެވޭ ޓްރެއިނިންގ އެކެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ކުނީގެ ސަބަބުން ލިބޭގެއްލުން ކުޑަކުރުމަށް ރަށުފެންވަރުގައި ފަނާވާޒާތުގެ ކުނި ބޭނުންކޮށްގެން ކާދު އުފެއްދުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. މި ޓްރެއިނިންގ ނިންމި ބައެއް ފަރާތްތަކުން މިހާތަނަށް ރާއްޖޭގެ 6 ރަށެއްގައި ފަނާވާޒާތުގެ ކުނިން ކާދު އުފެއްދުމުގެ މަސައްކަތް ވަނީ ކޮށްފައި އެވެ. އަދި އިތުރު ރަށްތަކުގައި މިމަސައްކަތް ފެށުމުގެ ތައްޔާރީތައް ދަނީ ވަމުންކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 4 ބެޗެއްގައި 60 އަށްވުރެ ގިނަ ފަރާތްތައް ތަމްރީން ކުރެވިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް