ގެއަކުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދާ، މީހަކު ހައްޔަރުކޮށްފި

ލ. މާވަށު ގެއަކުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަ...

27 Nov 2014 | 07:54

ލ. މާވަށު ގެއަކުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށާއި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ 18:30 ހާއިރު މާވަށު ގެއަކުން ލެޕްޓޮޕެއް ވަގަށް ނަގާފައިވާކަމަށް ބުނެ މާވަށު ޕޮލިސް ސްޓޭޝަނަށް ހުށެޅުނު މައްސަލައާ ގުޅިގެން އެދުވުހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

ވަގަށް ނަގާފައިވާ ލެޕްޓޮޕް ހޯދާފައިވަނީ ބިދޭސީއަކަށް -/3000 ރުފިޔާއަށް ވިއްކާލާފައިވަނިކޮށް ކަމަށާއި މި ލެޕްޓޮޕް އޭގެ ވެރިފަރާތާ މިހާރުވަނީ ހަވާލުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

ވައްކަމުގެ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހަކަށްވާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސްޕާރީ ހުސްކުރި ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މާވަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް