ޝިހާމް މަރާލި ނިޔާޒް މަރަން ހުކުމް ކޮށްފި

ކ.ތުލުސްދޫގައި މިދިޔަ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭ އިރާކޮޅު ވަޅިއަކުން ހަމަލާދީ އަލީ ޝިހާމް މަރާލި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ ކުރާ މުހައްމަދު ނިޔާޒުގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކ...

27 Nov 2014 | 06:41

ކ.ތުލުސްދޫގައި މިދިޔަ އޮގަސްޓް 31 ވަނަ ދުވަހުގެ ރޭ އިރާކޮޅު ވަޅިއަކުން ހަމަލާދީ އަލީ ޝިހާމް މަރާލި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ ކުރާ މުހައްމަދު ނިޔާޒުގެ މައްޗަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން ދެންމެ އިއްވައިފިއެވެ.

ނިޔާޒް މަރަން ހުކުމް ކޮށްފައިވާއިރު އެކަމަށް ނިޔާޒް ވަނީ ކޯޓުގައި އިއުތިރާފް ވެފައެވެ. ކުރީގެ އަޑުއެހުމުގައި ނިޔާޒް ވަނީ ޝިހާމަށް ހަމަލާދިން ގޮތާއި އެކަން ކުރި ސަބަބުވެސް ކިޔައިދީފަ އެވެ.

މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ޝިހާމަށް ވަޅިން ހަމަލާދިނީ، މަރާލުމުގެ ގަސްދު އޮވެގެން ނޫންކަމަށް ނިޔާޒު ބުނިކަމުގައި ވީ ނަމަވެސް، މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ 6:50 އެހައިކަންހާއިރު ނިޔާޒު އޭނާގެ ގެއިން 11 އިންޗީގެ ވަޅިއެއް ހިފައިގެން ގޮސް އެރަށު ދުންފަޅުގޭގެ އިރު އުތުރު ފާރާތު ގަހެއްގައި އެލުވާލާފައި އޮތް ޖޯއްޔެއްގައި ޝިހާމް އޮއްވައި، ގޮސް އެވަޅި ޝިހާމުގެ ގަޔަށް ހަރާލިކަމަށް ޝަރީއަތުފައި ނިޔާޒު ބުނެފައި ވާތީއާއި ޝިހާމް މަރުވެފައި ވަނީ، އެ ހަމަލާގެ ސަބަބުން ކަމަށް ޝަރީއަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް