ސިވިލް ކޯޓުވެސް 'ރިސެސް' އަށް ދާން ނިންމައިފި

މިއަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓުވެސް ރިސެސްއަށް ދާން ނިންމައިފި އެވެ. އެކޯޓުން ބުނީ ރިސެސްއަށް ދަނީ ޑިސެމްބަރު 1 އިން ފެށިގެން އެމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ސިވިލް ކޯޓު ރ...

27 Nov 2014 | 05:53

މިއަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ސިވިލް ކޯޓުވެސް ރިސެސްއަށް ދާން ނިންމައިފި އެވެ.

އެކޯޓުން ބުނީ ރިސެސްއަށް ދަނީ ޑިސެމްބަރު 1 އިން ފެށިގެން އެމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސިވިލް ކޯޓު ރިސެސްގެ މުއްދަތުގައި، ސިވިލް ކޯޓަށް މައްސަލަހުށަހެޅުމާއި، ރަޖިސްޓްރީކުރުމާއި، ރިޕޯޓްދޫކުރުމާއި، ލިޔުންތައްދޫކުރުން ފަދަ، ޢާންމުކޮށް މައްސަލަ ހިންގުން ފިޔަވާ އެހެން ހުރިހާ ޚިދްމަތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެއެވެ.

އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

ސިވިލް ކޯޓު ރިސެސް އަށް ދާން ނިންމި އިރު ޑިސެމްބަރުގައި ހައިކޯޓުވެސް ރިސެސް އަށް ދާން ނިންމާފައިވާކަމަށް އެކޯޓުން ވަނީ ކުރިން ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް