ގެއެއްގެ ފުރާޅުމަތިން ވެއްޓުނު 16 އަހަރުގެ ކުއްޖަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ

ހދ. ނޭކުރެންދޫ ގެއެއްގެ ފުރާޅުމަތިން ވެއްޓުނު 16 އަހަރުގެ ފިރިހެން ކުއްޖަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ ދެބުރިއަށް ހަ...

27 Nov 2014 | 05:26

ހދ. ނޭކުރެންދޫ ގެއެއްގެ ފުރާޅުމަތިން ވެއްޓުނު 16 އަހަރުގެ ފިރިހެން ކުއްޖަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރަކު ވިދާޅުވީ ދެބުރިއަށް ހަދަމުން ދިޔަ ގެއެއްގެ ފުރާޅުގައި ޓިނު ޖެހުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓުމުން ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 16 އަހަރުގެ އަހުމަދު ވިޝާމް ނަމަކަށް ކިޔާ ކުއްޖެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވިޝާމް މަރުވީ އެއަތޮޅު ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް ރޭ 01:00 ހާއިރުއެވެ.

އެ ހާދިސާ ހިނގަން މެދުވެރިވީ އެއްވެސް ސޭފްޓީއަކާ ނުލާ 2 ބުރިއަށް ހަދަމުންދިޔަ ގެއެއްގެ ޓިނު ޖަހަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓިއެވެ. އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 5:50 ހާއިރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް