ގޭގައި ކާބޯތަކެތި ހަދަނީ މިންގަނޑާއި އެއްގޮތަށްތޯ ބަލަން އެމްއެފްޑީއޭ އިން ދަނީ

27 Oct 2026 | 12:36
ހުޅުމާލޭގެ ހަޓެއްގައި ހެދިކާ ވިއްކަން ބަހައްޓާފައި -- ފޮޓޯ: ދުވަސް

ހުޅުމާލޭގެ ހަޓެއްގައި ހެދިކާ ވިއްކަން ބަހައްޓާފައި -- ފޮޓޯ: ދުވަސް

ވިޔަފާރީގެ ގޮތުގައި ގޭގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުގެ މަސައްކަތް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްތޯ ޔަގީންކުރުމަށް، ސަވެއިލަންސް އިންސްޕެކްޝަނެއް ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭއިން ހާމަކުރި ގޮތުގައި، އެ އޮތޯރިޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތައް ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ދެނެގަތުމަކީ މި އިންސްޕެކްޝަނުގެ ބޭނުމެވެ.

މި ޢިންސްޕެކްޝަން ކުރިޔަށްދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށެވެ.

އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެ ކަމަށާއި، މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިނުން ލިބޭނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެފައިވެއެވެ.

ގޭގައި ތައްޔާރުކޮށް ފިހާރަތަކުގައި ބަހައްޓައިގެން ވިއްކާ ކާބޯތަކެތި އުފައްދާ ތަންތަނުގެ ޙާލަތު ސާފު ނުވާ ކަމުގެ ކަންބޮޑުވުން ޢާންމުންގެ މެދުގައި ޒަމާނުއްސުރެ އޮވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް