އުތުރާއި މެދުރާއްޖެތެރޭގެ ވައިގެ ކޮލިޓީ ނުރައްކާތެރި މިންވަރެއްގައި

މަދްޔަ ޕްރަދޭޝްގައި ބިނާކުރަމުންދާ އިމާރާތެއްގެ ތިންވަނަ ފަންގިފިލާއިން ގުޓްކާ ކޮށްޓާލަން ނިކަމެތިވި 60 އަހަރުގެ ފިރިހެނަކު 11,000 ވޯލްޓުގެ ކަރަންޓު ވަޔަރެއްގައި ބީހިގެން މަރުވެއްޖެއެވެ.

27 Oct 2026 | 09:10
މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި -- ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރުވެފައިވާ ކަމަށް މިއަދު އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމްތަކުން ދައްކައިފިއެވެ.

ޚާއްޞަކޮށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ އުތުރުގެ ސަރަޙައްދަށެވެ. ހދ. ކުޅުދުއްފުށީގެ އެއާ ކޮލިޓީ އިންޑެކްސް 170 ގައި ހުރިއިރު، ށ. ފުނަދޫގައި އެ ޢަދަދު ހުރީ 162 ގައެވެ. މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 102 ގައެވެ.

އެއާ ކޮލިޓީ އިންޑެކްސް 100 އިން މައްޗަށް ދިޔުމަކީ ނޭވާލުމުގެ މައްސަލަ ހުންނަ ފަރާތްތައް ފަދަ ހައި ރިސްކު މީހުންނަށް ނުރައްކާ ބޮޑުވާ ހާލަތެކެވެ. އެ ޢަދަދު 150 އިން މައްޗަށް ޖެހިއްޖެ ނަމަ، ކޮންމެ މީހަކަށް ވެސް ނުރައްކާ އެބައޮތެވެ. މެދު ރާއްޖެތެރޭގައި ވައިގެ ކޮލިޓީ އެވެރެޖުކޮށް 50 އާއި 75 އާ ދެމެދުގައި ހުރިއިރު، ދެކުނުގެ ރަށްރަށުގައި އެ ޢަދަދު 50 އިން ދަށުގައި ހިފެހެއްޓިފައިވެއެވެ.

ރާއްޖެއަށް ނުސާފު ވައި ވާޞިލުވަނީ އިރުވައި މޫސުމުގައި ވައިގެ މިސްރާބު ހުންނަ ގޮތުން އުތުރު އިންޑިއާ ސަރަޙައްދުންނެވެ. ޖައްވު ތަޣައްޔަރުކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިރަފުހާއި، ކާރުހާނާތަކުން ބޭރުވާ ދުމާއި، ދަނޑުވެރިކަމުން އުފެދޭ ކުނި އެންދުމާއި، ކޯލް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ އިތުރުން ބޮޑެތި ކޮންސްޓްރަކްޝަން މަސައްކަތްތައް ހިމެނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ސަރަޙައްދުގެ ޖައްވު ތަޣައްޔަރުކުރާ މާއްދާތަކުގެ 75-80 އިންސައްތަ އުފެދެނީ ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގައި ހިންގާ އިންސާނީ ހަރަކާތްތަކުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް ކޮންމެ އަހަރަކު ވެސް ދަނީ އިތުރުވަމުންނެވެ. އަންނަ ޑިސެމްބަރުގައި އިރުވައި މޫސުން ފެށުމާ އެކު ނުސާފު ވައިގެ އަސަރު ރާއްޖެއަށް އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް