ގއ. އަތޮޅުގެ ކަނޑުގެތެރޭގައި ބޮއެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

27 Oct 2026 | 11:07
އޮޔާދާ ބޮއި -- ފޮޓޯ: ފުލުހުން

އޮޔާދާ ބޮއި -- ފޮޓޯ: ފުލުހުން

ގއ. އަތޮޅުގެ ކަނޑުގެތެރޭގައި ބޮއެއް އޮޔާދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

އެ އިދާރާއިން ބުނީ އޮޔާދަނީ 5 ފޫޓު ދިގު ،5 ފޫޓު ފުޅާ ދަގަނޑު ބޮއެއް ކަމަށެވެ. އެ ބޮއި މިއަދު ހެނދުނު 11:50 ހާއިރު އޮޔާދަމުން ދިޔައީ ގއ. އަތޮޅު ދިގުވަރު ކަނޑު އެތެރެ ވަރީ ކަނޑުތެރޭގަ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ އޭތި ދަތުރު ކުރަމުން ދަނީ ދެކުނުން އުތުރަށް ކަމަށެވެ. މިރޭގެ ވަގުތުގައި ގއ . ވިލިނގިލި ، ގއ. މާމެންދޫ ، ގއ. ނިލަންދޫ އަދި ގއ.ދާންދޫގެ ސަރަހައްދެއްގައި މި ބޮއި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންވެ ކަނޑު ދަތުރުކުރާ އެންމެހައި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް