މަންޒަރު ސިފަކުރުމަށް އޭައައި މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ ފޮޓޯއެއް -
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭންކް އޮފް
މޯލްޑިވްސްގެ މުވައްޒަފުންގެ އަތުން ފައިސާހުރި ބްރީފްކޭސްއެއް ފޭރިގަނެގެން
ލޯންޗެއްގައި ބަޔަކު ފިލައިފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން
ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް އެކަކަށް ވަންނަން ދިޔަ
ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭސްއެއް މޫނު ނިވާކޮށްގެން ތިބި
ބަޔަކު ފޭރިގެންފައިވާ މައްސަލައެއް ރޭ ފަތިހު 4:45 ހާއިރު ހުށަހަޅާފައިވާކަމަށެވެ.
އެއީ ކޮން ބޭންކެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.
އެހެންނަމަވެސް ބައެއް މީޑިއާ ތަކުން ރިޕޯޓުކުރާގޮތުގައި އެއީ ބޭންކް އޮފް
މޯލްޑިވްސް ގެ ބްރީފްކޭހެކެވެ. ބޭންކުން އެކަން ދޮގެއްވެސް އަދި ނުކުރެއެވެ.
އެއާޕޯޓުގައި ޑޮލަރު މާރުކުރުމުގެ ޚިދުމަތްވެސް ބޭންކުން
ދެމުން އަންނައިރު އެ ބްރީފްކޭސްއެއްގައި ހުރީ ދިވެހި ރުފިޔާކަމެއް ޑޮލަރު
ކަމެއްވެސް އަދި ސާފެއް ނޫނެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ފޭރުނު
މީހުން ފިލައިގެން ދިޔައީ ލޯންޗަކަށް އަރައިގެންނެވެ. އެ މައުލޫމާތުވެސް އަދި
ކަށަވަރެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް