ށ. އަތޮޅު ކޮމަންޑޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ގައްލައިދޫ ފަރުމައްޗަށް ލައިޓް ހައުއެސްއެއްގެ ބައެއް ލައްގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވާގޮތުގައި އެ ސަރަހައްދަށް ފުލުހުންގޮސް ހަރަކާތްތެރިވީ ސޯޝަލް މީޑިއާއިން އެ މައުލޫމާތު ލިބިގެންނެވެ.
"މި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފަ، މިހާތަނަށް ފުލުހުން ބެލި ބެލުމުން ބޮޑަށް ލަފާކުރެވެނީ އެއީ ލައިޓް ހައުސް އެއްގެ ބައެއް ކަމަށް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭތީގެ ބޮޑުމިނުގައި ގާތްގަނޑަކަށް 50 ފޫޓު ހުންނާނެއެވެ. މި މައުލޫމާތު މިހާރު ސިފައިންނާ ހިއްސާކޮށްފައިވާނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
[contentcards url="https://www.google.com/maps/@5.9689847,73.1238284,428m/data=!3m1!1e3"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް