މަރު ކޮމިޝަނުން ހޯދި އިރުފާނުގެ ބަންދަށް 15 ދުވަސް

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ އިރުފާން ރުޝްދީގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އިރުފާން ހައްޔަރުކޮށްފައިވަނީ މިދިޔަ ހު...

27 Oct 2019 | 09:49

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ އިރުފާން ރުޝްދީގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އިރުފާން ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ގދ.ތިނަދޫ އާއި 15 މޭލު ބޭރުން ދަތުރުކުރަމުންދިޔަ "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗެއްގައި ހުއްޓައެވެ. އިރުފާންއާއެކު އެ ލޯންޗުން އިތުރު ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އިރުފާން އާއި ދެން މި މައްސަލާގައި ހައްޔަރުކުރި އަނެއް ތިން މީހުންގެ ބަންދަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

އިރުފާން ތިނަދޫން ހައްޔަރުކޮށްފައި މިވަނީ އޭނާ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ގޮތަށް ރާއްޖެއަށް އެތެރެ ނުވާކަމަށް އިމިގްރޭޝަނުން ބުނެފައިވަނިކޮށެވެ. އަދި އޭނާއަކީ މަރު ކޮމިޝަނުން ކުރަމުން ގެންދާ ތަހުގީގަށްވެސް ހޯދުމަށްޓަކައި ދެ ފަހަރު އިއުލާނު ކޮށްފައިވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީވެސް އެ ކޮމިޝަނުން ދެވަނަ އިއުލާނުކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ.

އިފްރާން ހޯދަން އިއުލާނު ކޮށްފައިވަނީ މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް