އީފިއަސް ކޮލިޖިއޭޓްގެ ދަސްވެނިންގެ ރަސްމިއްޔާތު ބާއްވައިފި

2019 ވަނަ އަހަރުގެ އީފިއަސް ކޮލިޖިއޭޓް ގެ ދަސްވެނިންގެ ރަސްމިއްޔާތު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމްގައި ބާއްވައިފިއެވެ. 270 ދަރިވަރުންނާއި އެކު ބޭއްވުނު މިރަސްމިއްޔާތު ޝަރަފު...

27 Oct 2019 | 04:57

2019 ވަނަ އަހަރުގެ އީފިއަސް ކޮލިޖިއޭޓް ގެ ދަސްވެނިންގެ ރަސްމިއްޔާތު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމްގައި ބާއްވައިފިއެވެ.

270 ދަރިވަރުންނާއި އެކު ބޭއްވުނު މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މުޙައްމު އިޚްސާނެވެ. މާލޭގެ 3 ސެންޓަރަކާއި އަދި ރާއްޖޭގެ އެކި އެކި ކަންކަޅުތަކުގައި މޮބައިލް ސެންޓަރުތައް މެދުވެރިކޮށް ސެޕްޓެމްބަރ 2018 އިން އޯގަސްޓް 2019 އަށް ތަފާތު އެކިދާއިރާތަކުން 1460 އަށްވުރެ ގިނަ ދަރިވަރުން ސެޓްފިކޭޓް ލެވެލް 1 އިން އެސޯސިއޭޓް ޑިގްރީއަށް ސެޓްފިކޭޓް ހާސިލްކޮށްފައިވާކަމަށް އީފިއަސް އިން މަޢުލޫމާތު ދެއްވައެވެ.

މިގޮތުން އެޑްވާންސް ސެޓްކފިކޭޓް އިން ޓީޗިނގ ޤުރްއާން އިން އެންމެ މޮޅު ދަރިވަރުންނަށް ފާތިމަތު އިނާޔާ، އައްސޭރި / ކ. ހުރާ އަދި ފާތިމަތު ފަޒްލާ، އޯސަން ވިލާ / ހއ. މާރަންދޫ ހޮވުނެވެ. ޑިޕްލަމާ އިންޓީޗިންގ ޤުރުއާން އިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މުޙައްމަދު އަޤްސާމް މުޙައްމަދު، މަތަން، މާދަނޑު، ޏ. ފުވައްމުލަކެވެ. އަދި އެސޯސިއޭޓް ޑީގްރީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މާލޭ ހިޔާ ބަޝީރާ މުޙައްމަދު ވަހީދު އަދި ނަސްމާ އަބުދުލް ވާހިދު، އަރޯމާ / ދ. ކުޑަހުވަދޫއެވެ. ކޯސްތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނެވެ.

މިރަސްމިއްޔާތުގައި އީފިއަސް ގެ ސްކޫލް އޮފް ޗައިލްޑް އެޑިޔުކޭޝަންނުން ފަރުމާ ކުރެވިފައިވާ 2 އަހަރާއި 11 ދެމެދުގެ ދަރިވަރުންނަށް ކުރިޔަށް ގެންދާ ޒުވާން ޤާރީ ޕްރޮގްރާން ފުރިހަމަ ކުރި ދަރިވަރުން ހަތިމްކޮށް ދިނުން ވެސް އޮތެވެ. ދަރިވަރުންނަށް ހަތިމްކޮށް ދުޢާ އިއްވައި ދެއްވީ އީފިއަސް ގެ ލެކްޗަރ އަލްއުސްތާޛް އަހްމަދު އަރީފެވެ.

އީފިއަސް އިން ކޮންމެ އަހަރަކު އެޕްރައިޒަލް އިން އެންމެމަތީ މާރކްސް ހޯދާ އެކަޑެމިކް އަދި އެޑްމިން މުވައްޒިފަށް އީފިއަސް ޗެއަރމަން ދެއްވާ އުމްރާ ދަތުރު އެފަރާތްތަކާއި ހަވާލުކުރެވުނެވެ. އިދާރީ އެންމެ ރަނގަޅު މުވައްޒިފަކަށް ފެކަލްޓީ އޮފް އާރޓަސް ގެ އެސިސްޓެންޓް ޑީން އަލްއުސްތާޛާ އައިޝަތު މުފްލިހާ ހޮވުނު އިރު ކިޔަވައި ދިނުމުގެ ބައިން އެންމެރަނގަޅު ޓީޗަރަކަށް ހޮވުނީ އިންސްޓިޓިއުޓް އޮފް ނޮބަލް ޤުރުއާންގެ ޓީޗަރ އަލްފާޟިލާ މަރިޔަމް ޝަޒްމާ އެވެ. އަދި މީގެ އިތުރުން އީފިއަސް އަށް 5 އަހަރު ދުވަހުގެ މަސައްކަށް ކޮށްދެއްވާފައި ޓީޗަރުން ގެ އަގުވަޒަން ކުރުމާއި އަދި 3 އަހަރު މެދުކެނޑުމެއްނެތި ލެކްޗަރ ދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރެވުނެވެ. އުމްރާ ދަތުރާއި އަދި އަގުވަންޒަންކޮށް އެފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ އީފިއަސް ގެ ޗެއާރމަން މުހައްމަދު ޝަކިރު އަބުﷲ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް