ގައުމީ ދުވަހުގެ ޖަލްސާ މާދަމާ ރޭ ބާއްވަނީ

މިއަހަރުގެ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ މާދަމާ ރޭ މާލޭގައި ބާއްވާ ގޮތަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ ބާއްވާއިރު ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތ...

27 Oct 2019 | 04:15

މިއަހަރުގެ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ މާދަމާ ރޭ މާލޭގައި ބާއްވާ ގޮތަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ ބާއްވާއިރު ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. ހޯމް މިނިސްޓްރީން ބުނީ އެދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ. ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންވުމުގެ ފަހުރާއި ހަނދާން އާކުރުމުގެ ގޮތުންނެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް