ޒުވާނެއްގެ މެޔަށް ވަޅިހަރާ ޒަހަމްކޮށްލައިފި

މާލޭގައި މިއަދު ޒުވާނެއްގެ މެއަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮކްސިޖަން ރެސްޓޯރެންޓް ކައިރިންނެވ...

27 Oct 2018 | 10:56

މާލޭގައި މިއަދު ޒުވާނެއްގެ މެއަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮކްސިޖަން ރެސްޓޯރެންޓް ކައިރިންނެވެ.

މަންޒަރު ދުއް ބައެއް ފަރާތްތަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ހަމަލާ ދީފައިވަނީ އެ ޒުވާނާގެ މެއަށެވެ. އަދި އޭނާގެ ހާލު ސީރިއަސްކަމުގައި ބެލެވޭކަމަށް އެ ފަރާތްތަކާއި ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުފައިވަނީ މާރާމާރީގައި ޒަހަމްވެގެން އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ޒުވާނާގެ ހާލަތާއިމެދު އައްފާލް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

މި މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މި މާރާމާރީއާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް