ހިމޭނުން އޮތް ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބޮޑު ދުވަހެއް

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު މާދަމާގެ ޖަލްސާގެ އެޖެންޑާ މިހާރު މިވަނީ ހާމަކޮށްފައެވެ. އެޖެންޑާކޮށްފައިވާ ކަންކަމަށް ބަލާއިރު މާދަމައަކީ ރައްޔ...

27 Oct 2018 | 10:38

ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށާއިރު މާދަމާގެ ޖަލްސާގެ އެޖެންޑާ މިހާރު މިވަނީ ހާމަކޮށްފައެވެ.

އެޖެންޑާކޮށްފައިވާ ކަންކަމަށް ބަލާއިރު މާދަމައަކީ ރައްޔިތުންގެ މަޖިލީހުގައި ބޮޑު ދުވަހަކަށް ވެގެންދާއެވެ.

މާދަމާގެ ޖަލްސާ ހެނދުނު 09:00ގައި ފެށުމަށް އެޖެންޑާ ކޮށށްފައިވާއިރު ބޮޑު ފަސް ކަމެއް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ.

އެގޮތުން ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމުގެ ގަރާރު ހުށަހެޅުމާއި އިންތިހާބީ ރައީސް ހުވާ ކުރައްވާނެ ތާރީހެއް ކަނޑައެޅުމުގެ މައްސަލައާއި އަބުރުގެ ގާނޫނުގެ މައްސަލައާއި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ މައްސަލައިގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން ހިމެނެއެވެ.

މީގެ މާދަމާގެ ޖަލްސާގައި ހަތަރު މައްސަލައަކަށް ވޯޓަށް އެހުމަށްވެސް ނިންމާފައިވެއެވެ އެއީ މަޖިލީހުގެ އިންތިހާބާއި ބެހޭ ގާނޫނު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ވޯޓަށް އެހުމާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލަށް ވޯޓަށް އެހުމާއި ޖަލުތަކުގެ ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް