100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް މިއަދު ތައާރަފްކޮށްފިއެވެ.
އުރީދޫ އިން މި އުފާވެރި ޚަބަރު އިއުލާންކޮށްފައިވަނީ، އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، އުރީދޫގެ ސީއީއޯ ނަޖީބް ޙާން، ސީސީއޯ ބާލާޖީ ސްރިނިވާސަން އަދި ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ ބައިވެރިވުމާއި އެކު، އައްޑޫގައި މިއަދު ބޭއްވުނު ޚާއްސަ ހަފްލާއެއްގައެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް، އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން މަގުފަހިކޮށްދިނުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ކުޅެމުންދާ މުހިއްމު ދައުރު އަޅުގަނޑުމެންނަށް މި ދަނީ ފެންނަމުން. މިގޮތުން، ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންނަށް އެންމެ މުހިއްމު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މިއަދު، އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައިވެސް ރާއްޖޭގެ އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައިސްފައިވާ މި އުފާވެރި ދުވަހުގެ މުނާސަބަތުގައި، އެކުންފުނިން ވަނީ ސުޕަރނެޓް ޚިޔާރު ކުރަށްވާ އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރ އެއް ތައާރަފް ކޮށްފައެވެ. ހަމައެހެންމެ އައްޑޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް އެކްޓިވޭޝަން ފީ އެއް ނުވަތަ ޑެޕޮސިޓެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައި އެވެ.
ދެ އެމްބީޕީއެސް އިން ފެށިގެން 100 އެމްބީޕީއެސް އާއި ދެމެދުގެ ސްޕީޑުތަކުގައި، ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. ހަމައެހެންމެ މި ޕެކޭޖުތަށް ވަނީ ފޭސްބުކް، ޔޫޓިއުބް، ނެޓްފްލިކްސް ފަދަ ދިވެހިންގެ މެދުގައި މަޤްބޫލް އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކޮށްދޭގޮތަށް އޮޕްޓިމައިޒް ކުރެވިފައެވެ. މި ޚިދުމަތާއި އެކު، އައްޑޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. ސުޕަރނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.
ސުޕަރނެޓްގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/sn އަށް ޒިޔާރަތްކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް