ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަންދާ ގުޅޭ ގޮތުން ދުންޔާ މައުމޫން އިތުރު ވާހަކަ ނުދެއްކުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފު ގޮވާލައްވައިފި އެވެ.
ހަސަން މިހެން ވިދާޅުވީ ނަޝީދު މިނިވަން ވާން ޖެހޭނީ ރާއްޖޭގައި އެކަމަށް އޮންނަ ނިޒާމުގެ ތެރެއިން ކަމަށް ވިދާޅުވެ ދުންޔާ އަވަސް އޮންލައިނަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެން ރައްދު ދެއްވަމުންނެވެ. ދުންޔާ ވިދާޅުވީ ނަޝީދަށް ފުރިހަމަ އިންސާފެއް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ނަމަވެސް ބޭރުގެ ޖަމިއްޔާ އަކުން ނުވަތަ ޖަމާއަތަކުން ނިންމިޔަސް އެކަން ނުކުރެވޭނެ ކަމަށެވެ.
މި އިންޓަވިއުއާއި ގުޅިގެން ހަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ މައްސަލައިގަ ދުންޔާވަނީ މާ ގިނަ ގޮތްގޮތަށް މާ ގިނައިން އެކި ފަހަރު ވާހަކަ ދައްކަވާފައި ކަމަށެވެ. އެހެންވެ އިހުލާސްތެރިކަމާއި އެކު އެދިވަޑައިގެންނަވަނީ ރައީސް ނަޝީދާއި ގުޅޭގޮތުން ދުންޔާ ވާހަކަ ނުދެއްކެވުމަށް ކަމަށް ހަސަން ވިދާޅުވެފައިވެ އެވެ.
އެ އިންޓަވިއުގައި ދުންޔާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ކަންތައްތަކުގައި އެމަނިކުފާނަށް ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިވަޑައިގަތް ކަމަށެވެ.
ރައީސް ނަޝީދުގެ މައްސަލައިގައި އދގެ ވޯކިން ގްރޫޕުން ކުރިމަތިކުރުވި ކަންކަމަށް ޖަވާބުދާރީވާން ޖެހިވަޑައިގެންނެވި ކަމަށާއި، އެގޮތުން ބައިނަލް އަޤްވާމީ ޤާނޫނުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ގުޅިގެން ކުރިމަތިވި ކަންކަމަށްވެސް ޖަވާބުދާރީވާން މަސައްކަތް ކުރެއްވި ކަމަށް ދުންޔާ ވިދާޅުވިއެވެ. އަދި ހުރިހާ ރައްޔިތުންނަށް ވެސް އިންސާފު ލިބެންޖެހޭނެ ކަމަށާއި އެމީހަކު ކުރި ކަމަށް ތުހުމަތުކުރާ ކުރެވޭ ކުށަކުން ބަރީޢަވުމުގެ ފުރުސަތުވެސް އެމީހަކަށް ލިބިދޭން ޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ނަޝީދު މިނިވަން ނުވެ ރާއްވެ ވަޑައިގެންނަވާތީ ކޮންމެސް ވަރަކަށް ކޯލިޝަން ތެރޭގައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. އެގތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކުރެއްވި ރީޓުވީޓެއްގައި ނަޝީދު އަށްވެސް އަމަލު ކުރެވެންވާނީ އެއް ހަމައަކުން ކަމަށް ވިދާޅުވެފައިވާތީ އެމްޑީޕީގެ އިސްވެރިންނާއި ސަޕޯޓަރުން ވަނީ ފާޅުގައި ބަހުގެ ހަމަލާތަށް ގާސިމަށް ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް