ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަތްވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މައުމޫން އަބްދުލްގައްޔޫމް ޕާޓީގެ މެމްބަރުންނަށް ފޮނުއްވައިފިއެވެ.
ރައީސް މައުމޫން ޕާޓީގެ މެމްބަރުންނަށް ތަހުނިޔާ ފޮއްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޕާޓީގައި ގާނޫނީ ގޮތުން ހޮވާފައިވާ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެންމެހާ މެމްބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާކަމަށެވެ. އަދި ފާގަތި މުސްތަގްބަލެއް ޕާޓީއަށް އެދިލައްވާކަމަށެވެ.
https://twitter.com/maumoonagayoom/status/1056055297909772288
އެ ޕާޓީއަށް މިއަދު ހަތް އަހަރު ފުރިފައިވާއިރު ޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ 27 އޮކްޓޯބަރު 2017 ގައެވެ. ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ މެމްބަރުންނަށް ރައީސް މައުމޫން މަރުހަބާ ދަންނަވާފައިވާއިރު ސިވިލް ކޯޓުގެ ހުކުމަކުން ބާރު ލިބި، ޕާޓީގެ މުސްތަސާރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމް ހޯއްދަވާފައެވެ. އަދި އެ ޕާޓީން ރައީސް މައުމޫން ވަކި ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް