ބަރުދަނުން 30 ކިލޯ ދުއްވާލަން ކުރީ އެންމެ ތިން ކަމެއް

މިއީ އިންޑިއާއަށް އުފަން އުމުރުން އެންމެ 17 އަހަރުގެ އެޗް ޕީ ޝްރުސްތީގެ ވާހަކައެވެ. ބަރުދަން ލުއި ނުވެގެން އުޅޭ ފަރާތްތަކަށް ޝްރުސްތީގެ މި ވާހަކައަކީ ހިތްވަރަކަށް ވާނެ ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނެފ...

27 Oct 2018 | 03:56

މިއީ އިންޑިއާއަށް އުފަން އުމުރުން އެންމެ 17 އަހަރުގެ އެޗް ޕީ ޝްރުސްތީގެ ވާހަކައެވެ. ބަރުދަން ލުއި ނުވެގެން އުޅޭ ފަރާތްތަކަށް ޝްރުސްތީގެ މި ވާހަކައަކީ ހިތްވަރަކަށް ވާނެ ކަމަށް އޭނާ ބުނެއެވެ.

އޭނާ ބުނެފައިވާގޮތުގައި މީގެ ނުވަ މަސް ކުރިން އޭނާގެ ބަރުދަނުގައި 74 ހުއްޓެވެ. ނަމަވެސް މިހާރު އޭނާގެ ބަރުދަނަކީ އެންމެ 54 ކިލޯއެވެ. މި ބޮޑު ބަދަލު އޭނާގެ ހަށިގަނޑަށް ގެނައިގޮތް ޓައިމްސް އޮފް އިންޑިއާގެ ލައިފްސްޓައިލް ސެކްޝަނަށް އޭނާ ވަނީ ކިޔާދީފައެވެ.

ޝްރުސްތީ ބުނެފައިވާގޮތުގައި ބަރުދަން ލުއި ކޮށްލުމާއިމެދު ފުންކޮށް ވިސްނަންޖެހުނީ އުމުރާއި ނުބައްދަލު ސައިޒުގެ ހެދުން ގަންނަން ޖެހުމުންނެވެ. ގްރޭޑް 10ގައި ކިޔެވި އިރު ހަށިގަނޑަށް އައި ބޮޑު ބަދަލުން ލަދު ގަންނަންޖެހޭ އެތައް ކަމަކާއި ދިމާވި ކަމަށް އޭނާ ބުނެފައިވެވެ.

ޝްރުސްތީ ބުނެފައިވާގޮތުގައި އޭނާގެ ހެނދުނުގެ ނާސްތާގައި ހިޔާރު ކުރި ލުއި ކެއުންތަކެވެ. އެގޮތުން ބަތްޕެނާއި އެއް ގޮތަކަށް ހަދާފައި ހުންނަ "އުޕްމާ" ނަމަކަށް ކިޔާ ކެއުމަކާއި، ކޮންމެ ދުވަހަކު ކަދުރަކާއި ކިރުތައްޓެއް އޭނާގެ ހެނދުނުގެ ނާސްތާގައި ހިމަނާކަމަށް ބުނެފައިވެއެވެ.

މެންދުރު ކަނީ ރޮއްޓާއި ތަރުކާރީކަމަށް ބުނެފައިވާއިރު ރޭގަނޑުގެ ނާސްތާއަކީވެސް ރޮއްޓާއި ތަރުކާރީ ކަމަށް ބުނެފައިވެއެވެ. އޭނާ ބުނެފައވަނީ އެއްވެސް ވަގުތެއްގެ ނާސްތާ ދޫކޮށްނުލާކަމަށެވެ. މީގެ އިތުރުން ފޮނި ކާތަކެތި ކެއުން އެއްކޮށް ހުއްޓާލި ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ސްޕްރައުޓް ސެލެޑަކީ އޭނާގެ ފެވަރިޓްކަމުގައި ބުނެފައިވެއެވެ.

ޝްރުސްތީ ބުނެފައިވަނީ އޭނާ ޖިމަށް ނުދާ ކަމަށެވެ. ބަދަލުގައި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ދުވެ ހިނގާ ހަދާކަމަށް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުގައި ބަރުދަން ލުއިކޮށށްލުމަށް އޭނާ ކުރީ ތިން ކަމެކެވެ. އެއީ ބަލައިގެން ކެއުމާއި ދުވުމާއި ފޮނި ކެއުންތަކާއި ދުރުވުމެވެ. އަދި ގިނަ ދުވަހު އެގޮތުގައި ދެމި ހުރުމަށް ހިތްވަރު ލިބޭފަދަ ވީޑިއޯތައް އަބަދުވެސް ބަލާކަމަށް ޝްރުސްތީ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް