ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އާއި ދިޕިކާ ޕަދުކޯންގެ ކައިވެނި ހަފްލާތަކެއް އެއް ދުވަހެއްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އަންނަ މަހު ދިޕިކާ އާއި ރަންވީރު ސިންގ ކައިވެނި ކުރިޔަސް ކައިވެންޏާއި ގުޅިގެން ބާއްވާ ރަސްމިއްޔާތެއް ޑިސެމްބަރު އެއް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އެ ދެމީހުންގެ ކައިވެނި ހަފްލާ ވަރަށް ސިއްރިޔާތުގައި ދެ ފަރާތު އާއިލާ އާއި ގާތް ރައްޓެހިންގެ ހާޒިރުގައި ކުރުމަށް ހަމަޖެހިފައިވަނީ އިޓަލީގައި އެވެ. އަންނަ މަހު 14 އަދި 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުން ބައިވެރިއެއް ނުވާނެ އެވެ.
އޭގެ ފަހުން ދިޕިކާ ނިސްބަތްވާ ބެންގަލޫރޫގައި ބޮޑު ހަފްލާއެއް ބޭއްވުމަށް ފަހު ޑިސެމްބަރު އެއް ވަނަ ދުވަހު ރަންވީރުގެ މީހުންނަށް ބާއްވާ ހަފްލާ ދިމާވަނިމުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މި ހަފްލާއަށް ބޮލީވުޑްގެ ގިނަ ތަރިންނަށް ދައުވަތު ދޭނެ އެވެ. ޕްރިޔަންކާގެ ކައިވެނި ހަފްލާ އަކާއި އާއި ދިމާވަނި އެ ހަފްލާއެއެވެ.
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯންސްގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށެނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ އެވެ. ޖޯދްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ރަސްމިއްޔާތާއި ގުޅިގެން ބާއްވާ ހަފްލާތަކުގެ ތެރެއިން އެއް ހަފްލާ ޑިސެމްބަރު އެ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މި ރަސްމިއްޔާތަކީ ބޮލީވުޑްގެ ގިނަ ފަރާތްތަކަށް ދައުވަތު ދީގެން ބާއްވާ ހަފްލާ އެކެވެ.
މިކަމާ ގުޅިގެން ދެ ތަރިންގެ ފަރާތުން ވަކި ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
ނިކް އާއި ޕްރިޔަންކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަވެފައިވަނީ މިއަހަރުގެ މާޗްމަހު އެވެ. ރަންވީރާއި ދިޕިކާ ގުޅިގެން އުޅޭތާ ހަ އަހަރު ވެއްޖެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް