މަޝްހޫރު ޕްރެޒެންޓަރު އިނާ ހިމެނޭހެން ބަޔަކު ހައްޔަރު – މަސްތުވާތަކެއްޗަށް އޭނާ ޕޮޒިޓިވްކަމަށް ފާހަގަކޮށްފައިވޭ

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މަޝްހޫރު ޕްރެޒެންޓަރު އިނާ ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ހދ. ކުޅުދުއްފުށި، މަރިއާޒް، އުމުރުން 34 އަހަރުގެ ޢ...

27 Sep 2025 | 18:52
މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ މަގްޝޮޓް - ފޮޓޯ: ޕޮލިސް

މައްސަލައިގާ ހައްޔަރުކުރި ތިން މީހުންގެ މަގްޝޮޓް - ފޮޓޯ: ޕޮލިސް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ

(ޕީއެސްއެމް)ގެ މަޝްހޫރު ޕްރެޒެންޓަރު އިނާ ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހދ. ކުޅުދުއްފުށި،

މަރިއާޒް، އުމުރުން 34 އަހަރުގެ ޢިނާޔަތު އަލީ (އިނާ) އާއި މާލެ, މައްޗަންގޮޅި، މަޒާގެ، އުމުރުން 25 އަހަރުގެ އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ހަމަ އެގޭ އުމުރުން 34

އަހަރުގެ މުޙައްމަދު އައިޝް އަޙްމަދު ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި

ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށސް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.

"ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ

ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން"

ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި

ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް

ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި

ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ

1246 ގުރާމު ކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު

ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި

އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް

ވަނީ އަމުރުކޮށްފައެވެ.

އެ ތިން މީހުންގެ ބަންދު އަމުރަށް ބަލައިލާއިރު

އިނާ ދިރިއުޅޭ ގެއިން މަސްތުވާތަކެއްޗާއި ދުންފަތާއި އެއްކޮށްފައިވާ ބިޑިއަކާއި

އޭނާގެ އައިޑީ ކާޑު ފެނުނު ކަމަށް ސީނަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ކަމަށާއި

އިނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން އައި.އޯ ފާހަގަކޮށްފައިވާކަމަށް

ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މުޙައްމަދު އައިޝް އަޙްމަދުގެ ބަންދު އަމުރަށް

ބަލައިލާއިރު އޭނާއާއި ގުޅުންހުރި ތަނެއް ބަލައި ފާސްކުރުމުން ފެނުނު މަސްތުވާތަކެތީގެ

ވަގުތީ ބަރުދަނުގައި 1246 ގްރާމް ހުރިކަން އައި.އޯ ފާހަގަކޮށްފައިވާކަމަށާއި އަދި

އެތަނުން އޭނާއާއި ގުޅުންހުރި ތަކެތި ފެނިފައިވާކަމަށްވެސް ސީނަށް ދިޔަ ފުލުހެއްގެ

ބަޔާނުގައި ފާހަގަކޮށްފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.

އާމިނަތު ޢިއްލިއްޔީން އަޙްމަދުގެ ބަންދު އަމުރަށް

ބަލައިލާއިރު އޭނާ މިހާރު ދިރިއުޅެމުންދާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ

ތަނުން ގިނަ ޢަދަދެއްގެމަސްތުވާތެކެތި ފެނިފައިވާކަމަށް ސީނަށް ދިޔަ ފުލުހެއްގެ

ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތިވެސް

މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް އައި.އޯ ފާހަގަކޮށްފައިވާކަމަށްވެސް ބަންދު

އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް