ސަރުކާރުން ހުށަހެޅި ގޮތަށް، ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

މި ހިނގާ 2019 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަށްވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ދައުލަތުން ހުށަހެޅި 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު، އެ ބަޖެޓު ހުށަހެޅިގޮތަށް ރައްޔިތުންގެ ...

27 Aug 2019 | 18:13

މި ހިނގާ 2019 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަށްވުރެ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ދައުލަތުން ހުށަހެޅި 1.7 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު، އެ ބަޖެޓު ހުށަހެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

ބަޖެޓު ފާސްވެގެން ގޮސްފައިވަނީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ހުށަހެޅި ސަޕްލިމެންޓަރީ މި ބަޖެޓުގައި އާމްދަނީގެ ގޮތުގައި ހިމަނާފައިވަނީ ސައޫދީ ސަރުކާރުން ދިން ފައިސާ އާއި އިންޑިއާ ސަރުކާރުން ދިން ފައިސާ އެވެ. އެއީ އިންޑިއާއިން ދިން 100 މިލިޔަން ރުފިޔާ އާއި ސައޫދީ ސަރުކާރުން ދިން 618.8 މިލިޔަން ރުފިޔާއެވެ.

މި އަދަދުތަކާއެކު މި އަހަރުގެ ބަޖެޓު ޑެފިސިޓް ފަސް ބިލިޔަން ރުފިޔާއަށް އަރާނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ ހަޔާ އެޑިއުކޭޝަނަށް 300 މިލިޔަން، ހެލްތަށް 309 މިލިޔަން، ޕްލޭނިން އަށް 15.8 މިލިޔަން އެޑިއުކޭޝަނަށް 94.5 މިލިޔަން އަދި ފިނޭންސަށް 925.9 މިލިޔަން ރުފިޔާއެވެ.

2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އިތުރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ އިތުރުން އަލަށް އުފެދުނު ޤާނޫނުތަކުގެ ދަށުން ކުރަންޖެހޭ ހަރަދުތަކަށް ލަފާކުރެވުނު ވަރަށްވުރެ އިތުރު ވުމުން ކަމުގައި ސަރުކާރުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް