ކުޑަކަމުދާތަކެތި ބޮއެ އޭގެން މޫނު ދޮންނާތީ ތައިލެންޑް ހެލްތު ޑިޕާޓްމެންޓުން އިންޒާރު ނެރެފި

އިންސާނުން ކުޑަކަމުދާތަކެތި ބޮއެ އެތަކެތިން މޫނު ދޮވުން ތައިލެންޑުގައި ފަތިއަޑުކިޔާފައި އިތުރުވަމުން އަންނާތީ އެކަން ނުކުރުމަށް ތައިލެންޑުގެ ސިއްހަތާއިބެހޭ ޑިޕާޓްމެންޓުން އާންމު އިންޒާރެއް ނެރެފިއެވެ....

27 Aug 2019 | 12:45

އިންސާނުން ކުޑަކަމުދާތަކެތި ބޮއެ އެތަކެތިން މޫނު ދޮވުން ތައިލެންޑުގައި ފަތިއަޑުކިޔާފައި އިތުރުވަމުން އަންނާތީ އެކަން ނުކުރުމަށް ތައިލެންޑުގެ ސިއްހަތާއިބެހޭ ޑިޕާޓްމެންޓުން އާންމު އިންޒާރެއް ނެރެފިއެވެ.

އެގޮތުން އެ ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އަމްޕޯން ބެންޖަޕޮލްފިތާކް ބުނެފައިވާގޮތުގައި ޖިންސީ ގުނަވަންތަކާއި ފޫކޮޅަކީ އެތަކެއް ޖަރާޒީމެއް އާލާވާ ތަންތަން ކަމުގައެވެ. ކުޑަކަމުދާ ތަކެތި ބުއިމާއި މޫނު ދޮންނަން ބޭނުން ކުރުމުން ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމަށެވެ.

ތައިލެންޑްގައި މިކަން ވައިގައި ހިފައިގެން އުޅެނީ ފޭސްބުކް ބޭނުން ކުރާ މީހުންގެ މެދުގައެވެ. ބަޔަކު މިކަން ޕްރޮމޯޓް ކުރަނީ ފައިދާވާ ކަމެއްގެ ގޮތުގައެވެ.

އެގޮތުން ތައިލެންޑްގައި ކުޑަކަމުދާތަކެތި ބޮއެ އޭގެން މޫނު ދޮންނަ މީހުން ބުނަމުން އަންނަނީ ބައެއް ފަތްޕިލާވެއްޔާއެކު ކުޑަކަމުދާ ތަކެތި އެއްކޮށް އެތަކެތި ބުއިމުން ހަށިގަނޑު ޑިޓޮކްސް ކޮށްދީ ބަލިތަކުން ދުރުކޮށްދޭ ކަމަށެވެ.

މިކަން އެ  ގައުމުގައި ބޮޑުވެގެން އެގައުމުގެ ހެލްތު ޑިޕާޓްމެންޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޭސް އުފެއްދުމަށްވެސް އިންސާނުންގެ ކުޑަކަމުދާތަކެތި ބޭނުން ނުކުރާ ކަމަށާއި ކުޑަކަމުދާތަކެތި ބޮއެ އެތަކެތި މޫނުގައި އުނގުޅައިގެން ފައިދާވާކަމަށްބުނެ ދައްކާ ވާހަކަތަކަކީ ސައިންސްގެ އަލީގައި ސާބިތުވާ ގޮތުގައި ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް