ބީއެމްއެލްގެ އައު ޗެއަރ ޕާސަނަކަށް ސައީދާ އުމަރު ހަމަޖައްސަވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައު ޗެއަރޕާސަނަކަށް ސައީދާ އުމަރު ހަމަޖައްސަވައިފި އެވެ. ބީއެމްއެލްއިން ހާމަކުރައްވާގޮތުގައި އެ މަގާމަށް ސައީދާ އުމަރު ހަމަޖައްސަވާފައިވަނީ މިއަދު މެންދުރުފަހު ...

27 Aug 2017 | 13:09

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައު ޗެއަރޕާސަނަކަށް ސައީދާ އުމަރު ހަމަޖައްސަވައިފި އެވެ.

ބީއެމްއެލްއިން ހާމަކުރައްވާގޮތުގައި އެ މަގާމަށް ސައީދާ އުމަރު ހަމަޖައްސަވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި އެވެ.

ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވަރކިންގ ގްރޫޕްގެ ކޯ ޗެއަރ އެވެ. މީގެ އިތުރުން އެ ކަމަނާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވަރމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް