ތަފްސީލް އަންނަން ފަށައިފި، އެންމެ އަނިޔާވެރި މީހުން ގާޒީ ބާރީ ބުނެ ދެއްވައިފި!

ކުއްލި ގޮތަކަށް ޖުވެނައިލް ކޯޓަށް ބަދަލު ކުރެއްވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިދިޔަ ހަފްތާގެ ބުރާސްފަތި  ދުވަހު ފޭސްބުކް ގައި ވަނީ ކުއްލިއަކަށް ވަރުގަދަ ޕޯސްޓެއް ކުރައްވާފ...

27 Aug 2017 | 10:25

ކުއްލި ގޮތަކަށް ޖުވެނައިލް ކޯޓަށް ބަދަލު ކުރެއްވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް މިދިޔަ ހަފްތާގެ ބުރާސްފަތި  ދުވަހު ފޭސްބުކް ގައި ވަނީ ކުއްލިއަކަށް ވަރުގަދަ ޕޯސްޓެއް ކުރައްވާފައި އެވެ.

އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ހަމަކަށަވަރުން އެމީހުންނަނީ އަނިޔާވެރި ޖާހިލު ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ކޮން ބައެއް ކަމާއި އެމީހުންގެ އަނިޔާވެރި ކަމާއ ޖާހިލު ކަމުގެ ވާހަކަ ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

ބެލެވޭ ގޮތުގައި މިއަދު ކުރެއްވި ޕޯސްޓުގައި އެވަނީ ތަފްސީލް ދެއްވަން ފައްޓަވާފައި އެވެ.

ގަޒީ ބާރީ ވިދާޅުވެފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކަށް އަމަލުކުރަން ބޭނުން ނުވާ ނަމަ، ގާނޫނުތައް ހަދައި ގެޒެޓްކޮށް، ޝާއިކުރުމުގެ އެއްވެސް ބޭނުމެއް ކަމެއް ނެތް ކަަމަށެވެ. މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެ މީހުން އެދޭ ހުރިހާ ކަމެއް އެދޭ ގޮތަކަށް ކޮށްދޭ މީހާ އަށް ވުރެ އަނިޔާވެރި މީހެއް ހުންނާނެތޯ ވެސް ބާރީ ވަނީ ސުވާލު ކުރައްވައިފަ އެވެ.

ބާރީގެ ޕޯސްޓުގައި އޭގެ މިސާލު ޖައްސާފައި ވަނީ ސިންގާ އާއި ބަކަރީގެ ވާހަކަ އިންނެވެ.

"ސިންގާ ބޭނުން ވަނީ ބަކަރި ކާލަން ކަމަށް ވާނަމަ، ބަކަރި ކާލަން ނުޖެހޭ އެއްވެސް ސަބަބެއް، ބަކަރީގެ ފަރާތުން ސިންގާ އަކަށް ނުދެއްކޭނެ،" ބާރީ ވިދާޅުވެފައިވެ އެވެ.

އެކަމަކު ބާރީ މިހެން ވިދާޅުވެފައިމިވަނީ ކޮން ބަޔަކަށް ނިސްބަތް ކުރައްވާ ކަމެއް ނޭނގެ އެވެ.

ގާޒީ ބާރީ ކުއްލިގޮތަކަށް ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ރެ އެވެ. އެކަމަކު އޭގެ ކުރިން ވަނީ ސިޔާސީ ބައެއް ބޭފުޅުންނަށް ބޮޑެތި ހުކުމް ތަކެއް އިއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް