ތަމްރީން ތަކެއް ހެދުމަށް ޗައިނާގެ ތިން މަނަވަރު ރާއްޖެ އަތުވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ޗައިނީސް ނޭވީގެ ތިން މަނަވަރެއް ކަމަށްވާ ޗޭން ޗަން އާއި ޖިންގް ޒޫ އަދި ޗައޮ ހޫ ރާއްޖެ އައުމާ ގުޅިގެން ދިވެހި ސިފައިންގެ އިސް އޮފިސަރުންނާއި ސިފައިން ވަނީ އެ މަނަވަރުތަކުގެ ފަޅުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައި ކަމަށެވެ. އަދި އެ މީހުންނަށް މަރުހަބާ ކިޔުމަށް އެމްޕީއެލް ސަރަހައްދުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ތިން މަނަވަރުގެ ސެއިލަރުންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެކުވެރިކަން ބަދަހި ކުރުމުގެ ގޮތުން ބައެއް ކަހަލަ ކުޅިވަރު ހަރަކާތްތައް ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މީގެ އިތުރުން ގިރުފުށީ ޓްރެއިނިން ސެންޓަރާއި އެމްއެންޑީއެފްގެ ބައެއް ސަރަހައްދުތަކުގެ މަރުކަޒުތަކަށް ޗައިނާގެ މަނަވަރުތަކުގެ މީހުން ޒިޔާރަތް ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި މަނަވަރުތައް ރައްޖެއިން ފުރާނީ އަންނަ އަންނަ ބުރާސްފަތި ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް