ހަތް މަސް ފަހުން ޝިދާތާގެ ޕާސްޕޯޓު ދޫކޮށްލައިފި

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންގެ ރައީސާ ޝިދާ ޝަރީފުގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ. އިމިގްރޭޝަނުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ޕާސްޕޯޓު ހިފެހެއްޓީ އިންޑިއާއަށ...

27 Aug 2017 | 09:50

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންގެ ރައީސާ ޝިދާ ޝަރީފުގެ ޕާސްޕޯޓު ދޫކޮށްލައިފި އެވެ.

އިމިގްރޭޝަނުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ޕާސްޕޯޓު ހިފެހެއްޓީ އިންޑިއާއަށް ކުރި އަމިއްލަ ދަތުރަކަށް ފަހު އެނބުރި އައިތަނުން އެއާޕޯޓުންނެވެ.

ޝިދާތާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 211 ދުވަސް ފަހުން ޕާސްޕޯޓު ލިބިފައިވާ ކަމަށެވެ. ޝިދާތާ ވިދާޅުވީ މި ވޭތުވެދިޔަ ދުވަސްތަކަކީ އެއްވެސް އަސާސެއްނެތި ގައުމުގައި ބަންދުކޮށްފައި ހުރި ދުވަސްތަކެކެވެ.

https://twitter.com/shidhatha/status/901681663737978881

ޝިދާތާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުމާއި ގުޅޭގޮތުން ފުލުހުން ބުނީ ސިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެދުމަށް ކަމަށެވެ. އެކަމަކު ޝިދާތާ ވިދާޅުވެފައިވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތް ސަބަބެއް ނޭނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް