ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ފުލުހުން ބުނީ އެތަކެތި ނައްތާލާފައިވަނީ އިއްޔެ ދޫނިދޫގައި ކަމަށެވެ. އަދި އެތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެތި ނައްތާލުމާއި ބެހޭގޮތުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ކޮމިޓީގެ ހާޒިރުގައި ކަމަށެވެ.
އިއްޔެ ނައްތާލީ 2003، 2004، އަދި 2005 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިމިފައިވާ މަސްތުވާތަކެއްޗެވެ. އޭގެ ތެރޭގައި 201 މައްސަލައިގަ ހިމެނޭ މަސްތުވާތަކެއްޗެވެ.
މި މައްސަލަތަކުގައި ހިމެނެނީ މަސްތުވާތަކެތިހުރި 1234 ރަބަރު ޕެކެޓާއި 49 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ތިން ދަޅާއި ބްލެޓް ސައިޒުގެ 171 ރަބަރު ޕެކެޓުގެ އިތުރުން އެހެނިހެން 3052 ތަކެތި ނައްތާލާފައިވެ އެވެ. މީގެތެރޭގައި 1673 ގްރާމްގެ ހެރޮއިންއާއި 138 ގްރާމް ކެނެބިސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް