މިއޮތީ ބާސްމަތީ ހަނޑޫ ބަސްތާއަކާއި ދިރޭ ބަކައްޓެއް ލިބުމުގެ ފުރުސަތު !

އޭޑީކޭ ޖެނެރަލް ޓްރޭޑިންގް ގެ ފޭސްބުކް ޕޭޖުގައި، ކުރިއަށް މިއޮތް އަޞްހާ ޢީދާއި ދިމާކޮށް ވަރަށް ތަފާތު އަދި ހާއްސަ، ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ. މި ކެމްޕޭނުގައިވާގޮތުން އޭޑީކޭ ޖެނެރަލް ޓްރޭޑ...

27 Aug 2017 | 07:35

އޭޑީކޭ ޖެނެރަލް ޓްރޭޑިންގް ގެ ފޭސްބުކް ޕޭޖުގައި، ކުރިއަށް މިއޮތް އަޞްހާ ޢީދާއި ދިމާކޮށް ވަރަށް ތަފާތު އަދި ހާއްސަ، ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭނުގައިވާގޮތުން އޭޑީކޭ ޖެނެރަލް ޓްރޭޑިންގް ގެ ފޭސްބުކް ޕޭޖްގައިވާ މި ޕޯސްޓަށް (ޕޯސްޓް ތިރީގައި އެމްބެޑް ކުރެވިފައި) ލައިކެއް ދިނުމަށްފަހު ޝެއަރ ކޮށްލުމުން ގުރުއަތު ލިސްޓަށް ހިމެނިގެންދާނެއެވެ.

މި ކެމްޕޭނުގައި އިނާމެއްގެ ގޮތުގައި ދޭން ނިންމާފައިވަނީ "މާސްޓަރ ޝެފް" ބްރޭންޑްގެ ފަސް ކިލޯ، ބާސްމަތީ ހަނޑޫ ބަސްތާ އަކާއިއެކު ދިރޭ ބަކައްޓެކެވެ.

މާސްޓަރ ޝެފް ބާސްމަތީ ހަނޑުލަކީ ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ހުދުކަމާއި ތާޒާކަން ދެމިހުންނަ އަދި މީރު ވަހަކާއި މީރު ރަހައެއް އެކުލެވޭ ހަނޑުލެކެވެ. މި ހަނޑު ރާއްޖެއަށް އިމްޕޯޓްކޮށް މާކެޓް ކުރަނީ ހަމައެކަނީ އޭޑީކޭ ޖެނެރަލް ޓްރޭޑިން އިންނެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ހާމަކުރައްވާގޮތުގައި މި ކެމްޕޭން ކުރިއަށްދާނީ މިއަދުން ފެށިގެން 30 އޯގަސްޓާއި ހަމައަށެވެ. ނަސީބުވެރިޔާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ 31 ވަނަ ދުވަހުގަ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން ގެ ޕޭޖް 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް