ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ފައިސަލް ނަސީމް، އިމާދުއްދީން ސުކޫލުގެ ސެން ކްލާސްތައް ބައްލަވާލައްވައި، މުވައްޒަފުންނާއި، ހާއްސަ އެހީއަށް ބެނުންވާ ދަރިވަރުންނާއި ބައްދަލުކުރައްވައިފިއެވެ.
ސެން ކްލާސްތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތައް ނައިބު ރައީސް އާއި ސުކޫލުގެ މެނޭޖްމަންޓުން ވަނީ ހިއްސާ ކުރައްވައިފައެވެ. ސެން ކްލާސްތައް މިވަގުތު ހިންގަނީ ޖެހިގެން ހުންނަ އިމާރާތުގައި ކަން ފާހަގަ ކުރައްވައި ސުކޫލުގެ މެނޭޖްމަންޓުން ވަނީ، ސްކޫލާއި ސެން ކްލާސްތައް ހިންގާ އިމާރާތާއި ދެމެދުގައިވާ މަގު، މަގެއްގެގޮތުގައި ބޭނުން ނުކުރާ ގޮތަށް ހައްދަވައިދެއްވަން މަސައްކަތްކޮށްދެއްވުމަށް ނައިބު ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
އިމާދުއްދީން ސުކޫލަށް ނައިބު ރައީސް ކުރެއްވި މި ޒިޔާރަތުގައި، އެމަނިކުފާނު ވަނީ ތަޢުލީމީ ދާއިރާއަކީ ރައީސް ސޯލިހު އެންމެ އިސްކަންދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެ ސްކޫލްގެ މެނޭޖްމަންޓުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް