ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމަށް ނިކަލޯޑިއަން

ދުނިޔޭގެ ކުޑަކުދިން އެންމެ ގިނައިން ބަލާ އެއް ޓީވީ ޗެނަލް ކަމަށްވާ ނިކަލޯޑިއަންގެ ޝޯވްތައް ދިރާގެ ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ބެލޭނެ ކަމުގައި ދިރާގްއިން ބުނެފިއެވެ. ވީ...

27 Jun 2019 | 07:36

ދުނިޔޭގެ ކުޑަކުދިން އެންމެ ގިނައިން ބަލާ އެއް ޓީވީ ޗެނަލް ކަމަށްވާ ނިކަލޯޑިއަންގެ ޝޯވްތައް ދިރާގެ ޓީވީގެ ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ޕްލެޓްފޯމް މެދުވެރިކޮށް ބެލޭނެ ކަމުގައި ދިރާގްއިން ބުނެފިއެވެ.

ވީއޯޑީ އަކީ މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް  ބޭނުން ގަޑިއެއްގައި އަދި ބޭނުންތަނެއްގައި ބަލާލެވުމުގެ ފުރުސަތު ހުޅުވައިދޭ ޒަމާނީ ޕްލެޓްފޯމެކެވެ.

ދިރާގްއިން ހާމަކުރައްވާ ގޮތުގައި ދިރާގް ޓީވީއިން މަސައްކަތް ކުރަމުން ގެންދަނީ މިހާރަށް ވުރެ ވީއޯޑީ ލައިބްރަރީ ފުޅާކޮށް، މުއްސަދިކޮށް ދިވެހި އަދި ބޭރުގެ ކޮންޓެންޓު ފަސޭހަކަމާއި އެކު ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

ދިރާގު ޓީވީގެ ވީއޯޑީ ފީޗަރ ބޭނުން ކުރާނެ ގޮތް

ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ދިރާގު ޓީވީގެ "ހޯމް ސްކްރީން" ގައި ވާ "ވީއޯޑީ" ޖަހާފައިވާ ބަޓަން އަށް ފިއްތަވާލުމުން ވީއޯޑީ ކޮންޓެންޓްތައް ބައްލަވާލެވޭނެއެވެ.

މީގެ އިތުރުން ދިރާގްއިންވަނީ، ދިރާގު ޓީވީގެ ވީއޯޑީ ޕްލެޓްފޯމް އަށް ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީގެ "އިންޓްރޯ އޮފަރ" އަދި "ބޭސިކް ޕެކޭޖް" ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މުޅިން ހިލޭ ބޭނުން ކުރެވޭނެގޮތްވެސް ހަދާފައެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތަޢާރަފް ކުރިތާ ވީ ދެ އަހަރު ދުވަސް ތެރޭގައި ނުހަނު ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފައިއެވެ. އެގޮތުން މިހާރު ރާއްޖޭގެ އާބާދީގެ %72 ޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް